ގެއްލިގެން ފުލުހުން ހޯދަން އިއުލާނު ކުރި ކުޑަ ދެ އަންހެން ކުދިން ފެނިއްޖެ އެވެ.
ފުލުހުން ހޯދަން އިއުލާނު ކުރީ ގ. ނާޝިދުވިލާ، އުމުރުން 15 އަހަރުގެ ފާތިމަތު ޝާހާ އިބްރާހިމް އާއި މ. މުލައް، ކޮކާހަނދުވަރު އުމުރުން 14 އަހަރުގެ ނާޖިހާ އަލީ އެވެ. މި ދެކުދިން ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެއް ދުވަހެއްގައި އެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ރޭ ދަންވަރު ވިދާޅުވީ އެ ދެކުދިން މިހާރު ފެނިފައިވާ ކަމަށެވެ. ފެނިފައިވަނީ ކިހިނެތް ކަމެއް އަދި އިތުރު ތަފްސީލް ނުދެއްވަ އެވެ.
މި ދެ ކުދިން ގެއްލިގެން އިއްޔެ ފުލުހުން ކުރި އިއުލާނުގައި ބުނެފައިވަނީ މީގެ ތެރެއިން ޝާހާ ގެއްލިގެން ރިޕޯޓު ކޮށްފައިވަނީ އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ ރޭ 11:56 ހާއިރު ކަމަށެވެ. އަދި ނާޖިހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ ހަވީރު 5:23 ހާއިރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް