މާލޭގައި ރޭ ވަޅިން ހަމަލާދީ 14 އަހަރުގެ ކުއްޖަކު މަރާލައިފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ރޭ އޮޓޯ ގަރާޖް ކައިރީގައި ކަރަށް ވަޅި ހެރުމުން މަރުވެފައިވަނީ އުމުރުން 14 އަހަރުގެ ސައްފާން (ސައްޕެ) ނަމަކަށް ކިޔާ ކުއްޖެކެވެ. އެ ކުއްޖާއަށް ހަމަލާ ދީފައިވަނީ ރޭ 01:50 ހާއިރު ކަމުގައިވެސް މައުލޫމާތު ލިބެއެވެ.
ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ހޭނެތިފައި ކަމަށާއި ނަމަވެސް މަރުވެފައިވަނީ 02:30 ހާއިރު ކަމަށް މައުލޫމާތ ލިބެއެވެ. ރަސްމީ އެއްވެސް އިދާރާއަކުން މިކަމުގެ މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.
ކަރަށް ވަޅި ހަރާ ކުޑަކުއްޖަކު މަރާލާފައިވާއިރު އިއްޔެވެސް ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލާފައިވެއެވެ. ހޯމަ ދުވަހުގެ ރޭވެސް މީހަކަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލާފައިވެއެވެ. އަދި އައްޑޫ ސިޓީގައިވެސް ޒުވާނަކު ޒަހަމްކޮށްލާފައިވެއެވެ. މާރާ މާރީ ހިންގަން އުޅުނު ބަޔަކު ރޭގައި ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް