ގާސިމްގެ އަނބިކަނބަލުންނާއި ގުޅޭގޮތުން ދައްކާ ދަށު ދަރަޖައިގެ ވާހަކަތައް ބަލައި ނުގަނެވޭނެ: ރައީސް ނަޝީދު

ގާސިމްގެ އަނބިކަނބަލުންނާއި ގުޅޭގޮތުން ދައްކާ ދަށު ދަރަޖައިގެ ވާހަކަތައް ބަލައި ނުގަނެވޭނެ: ރައީސް ނަޝީދު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައްކާ ދަ...

10 Oct 2018 | 19:43

ގާސިމްގެ އަނބިކަނބަލުންނާއި ގުޅޭގޮތުން ދައްކާ ދަށު ދަރަޖައިގެ ވާހަކަތައް ބަލައި ނުގަނެވޭނެ: ރައީސް ނަޝީދު

ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައްކާ ދަށު ދަރަޖައިގެ ވާހަކަ އެއްގޮތަކަށްވެސް ބަލައި ނުގަނެވޭނެކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.

ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ އެބޭފުޅާއަކީވެސް ހުރިހާ ސިޔާސީ ފުރުސަތެއް އަދި، އެންމެހާ ހައްގުތައް ފުރިހަމަޔަށް ލިބިވަޑައިގަންނަވަން ޖެހޭނެ ބޭފުޅެއް ކަމަށެވެ.

https://twitter.com/MohamedNasheed/status/1050106996555304960

ރައީސް ނަޝީދު މިހެން ވިދާޅުވެ ޓްވީޓެއް ކުރައްވާފައިވާއިރު ރައީސް ނަޝީދަށް ތާއީދުކުރައްވާ ނަން މަޝްހޫރު އަންހެން ކަނބަލަކު ވަރަށް ދަށު ދަރަޖައިގެ ބަސްތަކެއް ގާސިމްގެ އަނބިކަނބަލުންނަށް ސޯޝަލް މީޑިއާގައި ރައްދުކޮށްފައިވެއެވެ. އަދި އެއަށްފަހު ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓުންނާއި އެމްޑީޕީގެ އެކްޓިވިސްޓުންނާއި ދެމެދު ބަހުގެ ހަމަލާތަކެއް ސޯޝަލް މީޑިއާގައި ފެށިގެން ދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް