ހޯރަފުށީ ނަރުދަމާ ސްޓޭޝަންގެ ބިއްލޫރިގަނޑު ތަޅާލައިފި

ހޯރަފުށީގައި ގާއިމް ކުރަމުން އަންނަ ނަރުދަމާ ސަބް ސްޓޭޝަންގެ ބިއްލޫރިގަނޑެ ރޭ ތަޅާލައިފި އެވެ. ދުވަހަށް މައުލޫމާތު ދެމުން އެރަށުން ވާހަކަދެއްކި މީހާ ބުނީ ނަރުދަމާ ސްޓޭޝަންގެ ޕަމްޕް ޕެނަލް ބޯޑު ގޮޅީގެ ...

11 Oct 2015 | 10:21

ހޯރަފުށީގައި ގާއިމް ކުރަމުން އަންނަ ނަރުދަމާ ސަބް ސްޓޭޝަންގެ ބިއްލޫރިގަނޑެ ރޭ ތަޅާލައިފި އެވެ.

ދުވަހަށް މައުލޫމާތު ދެމުން އެރަށުން ވާހަކަދެއްކި މީހާ ބުނީ ނަރުދަމާ ސްޓޭޝަންގެ ޕަމްޕް ޕެނަލް ބޯޑު ގޮޅީގެ ބިއްލޫރިގަނޑު ތަޅާލާފައިވަނީ ގަލެއް އެއްލައިގެން ކަމަށެވެ.

"އެތަން ހުންނަނީ ރޭގަނޑު ތަޅުލާފައި، ގަލެއް އެއްލައިގެން ބިއްލޫރިގަނޑު ތަޅާލާފައި އޮތީ، ރޭ 12:30 ހާއިރު އެކަމެއް ހިނގީ" އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނަރުދަމާ ސްޓޭޝަނަށް ހަމަލާ ދީފައިވާއިރު ހޯރަފުށީ އެމްޑީޕީ ހަރުގޭގައިވެސް ބަޔަކު ވަނީ ރޭގެ ވަގުތެއްގައި ރޯކޮށްލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް