ސަފާރީއެއްގައި ބަނގުރަލާއެކު ޕާޓީކުރަން ތިބި ބަޔަކު ހައްޔަރުކޮށްފި

އއ. މަތިވެރި ކައިރީގައި އޮތް "ކެއިފު" ނަމަކަށް ކިޔާ ސަފާރީއެއްގައި ބަނގުރަލާ އެކު "ޕާޓީ" ކުރަން ތިބި ބަޔަކު ހައްޔަރުކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއ...

11 Oct 2015 | 05:40

އއ. މަތިވެރި ކައިރީގައި އޮތް "ކެއިފު" ނަމަކަށް ކިޔާ ސަފާރީއެއްގައި ބަނގުރަލާ އެކު "ޕާޓީ" ކުރަން ތިބި ބަޔަކު ހައްޔަރުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ރަސްދޫ ޕޮލިސް ސްޓޭޝަނުން ރޭ 11:50 ހާއިރު ހިންގި މި އޮޕަރޭޝަންގައި ހަ މީހަކު ހައްޔަރުކޮށްފައި ވާ ކަމަށެވެ.

"ބިދޭސީއަކާއި ތިން އަންހެނުންނާއި ދެ ފިރިހެނުން މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވޭ" އިސްމާއިލް އަލީ ވިދާޅުވި އެވެ.

"ކެއިފު" ނަމަކަށްކިޔާ މި ސަފާރީން އަތުލައިގަނެފައިވާ ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ބިޔަރު ދަޅު ހިމެނޭ ކަމަށް ފުލުހުން ހާމަ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް