ލިފްޓް ގޮޅިން ވެއްޓުނު ކުއްޖާ ނިޔާވެއްޖެ

ހ. ފެންނާގޭ ހަވަނަ ފަންގިފިލާއިން ލިފްޓް ގޮޅި ތެރެއަށް ވެއްޓުނު ތުއްތުކުއްޖާ ނިޔާވެއްޖެއެވެ. މި ކުއްޖާ ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އިއް...

11 Oct 2015 | 04:59

ހ. ފެންނާގޭ ހަވަނަ ފަންގިފިލާއިން ލިފްޓް ގޮޅި ތެރެއަށް ވެއްޓުނު ތުއްތުކުއްޖާ ނިޔާވެއްޖެއެވެ.

މި ކުއްޖާ ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އިއްޔެ މެންދުރު 12:30 ހާއިރު ހިނގި މި ހާދިސާގައި ލިފްޓް ގޮޅިން ވެއްޓުނު ކުޑަކުއްޖާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އެކުއްޖާގެ މާމަވެސް ލިފްޓް ގޮޅިތެރެއަށް ވެއްޓުނުވެ. ތުއްތު ކުއްޖާ ނިޔާވެފައިވާއިރު އެ ކުއްޖާގެ މާމަށް އޭޑީކޭގައި އަންނަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް