އިޒްރޭލު ސިފައިންގެ ހަމަލާއެއްގައި ފަލަސްތީނުގެ ދެ ކުޑަކުއްޖަކު ޝަހީދު ވެއްޖެ

އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު މިފަހުން ގޯސްވިތާ މިއަދަށް 11 ދުވަސްވެފައިވާއިރު އިއްޔެ ހިނގި ކުރިމަތިލުންތަކުގައި އިޒްރޭލު ފުލުހުން ދިން ބަޑީގެ ހަމަލާއެއްގައި އުމުރުން 12 އަހަރުގެ ކުއްޖަކާއި 15 އަހަ...

11 Oct 2015 | 04:22

އިޒްރޭލާއި ފަލަސްތީނުގެ މަސްރަހު މިފަހުން ގޯސްވިތާ މިއަދަށް 11 ދުވަސްވެފައިވާއިރު އިއްޔެ ހިނގި ކުރިމަތިލުންތަކުގައި އިޒްރޭލު ފުލުހުން ދިން ބަޑީގެ ހަމަލާއެއްގައި އުމުރުން 12 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖަކު ޝަހީދު ވެއްޖެ އެވެ.

އިޒްރޭލު ފުލުހުން ބުނެފައިވަނީ ބަޑީގެ ހަމަލާ ދޭން އިއްޔެ މަޖުބޫރުވީ ވަޅި ހިފައިގެން އައި ބަޔަކު ދިން ހަމަލާއެއްގައި އިޒްރޭލުގެ ހަތަރު މީހަކު ޒަހަމް ވުމުން ކަމަށެވެ.

މީގެ އިތުރުން އިއްޔެ އިޒްރޭލު ފުލުހުން ދިން ބަޑީގެ ހަމަލާއެއްގައި ހަމާސް ޖަމާއަތަށް ނިސްބަތްވާ ހަނގުރާވެރިއަކުވެސް ޝަހީދު ކޮށްލާފައި ވެ އެވެ.

ފަލަސްތީނުގެ އޮފިޝަލުން ހާމަކުރާ ގޮތުގައި އިޒްރޭލު ސިފައިންގެ ހަމަލާގައި ކުޑަ ދެކުދިން ޝަހީދުވީ ޤުދުސްގައި އިޒްރޭލު ފުލުހުންނާއި ދެކޮޅަށް ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވެ ތިއްބާ ކަމަށެވެ.

ފަލަސްތީނާއި އިޒްރޭލުގެ މަސްރަހު އަނެއްކާވެސް ހޫނުވެފައި މިވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާ ކަމުގައިވާ މަސްޖިދުލް އަލް އަޤްޞާ ހުންނަ ބިންކަމުގައިވާ ޤުދުސް އަށް ފަލަސްތީނު ރައްޔިތުންނަށް ނުވަދެވޭ ގޮތަށް އިޒްރޭލު ފުލުހުން އެ ސަރަހައްދު ބަންދު ކުރުމުންނެވެ.

11 ދުވަސްވެފައިވާ މި ކުރިމަތިލުންތަކުގައި މިހާތަނަށް ފަލަސްތީނުގެ 11 މީހަކު ޝަހީދުވެފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް