ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރުމަށް އެންމެ ފުރަތަމަ ވިއްދާނީ މިނިސްޓަރު އުމަރުގެ ކޮނޑު: ތަޒްމީލް

ރައީސް ޔާމީންގެ ސަރުކާރު ދިފާއު ކުރުމަށް އެންމެ ފުރަތަމަ ވިއްދާނީ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކޮނޑު ކަމަށް ހޯމް މިނިސްޓްރީގެ މީޑީއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ. ހޯމް މިނިސ...

11 Oct 2015 | 03:55

ރައީސް ޔާމީންގެ ސަރުކާރު ދިފާއު ކުރުމަށް އެންމެ ފުރަތަމަ ވިއްދާނީ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކޮނޑު ކަމަށް ހޯމް މިނިސްޓްރީގެ މީޑީއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީގެ ކޯޑިނޭޓަރު މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާ ތަހުގީގުކުރުމަށް ރައީސް ޔާމީން އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ އެންމެ އިސްވެރިއެއްގެ ގޮތުން ހޯމް މިނިސްޓަރު އުމަރު ނަސީރު އައްޔަން ކުރުމާއެކު ބައެއް ފަރާތްތަކުން ހޯމް މިނިސްޓަރަށް އަމާޒުކޮށް ހޫނު ބަސްތަކެއް ރައްދުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ތަޒްމީލް އިތުރަށް ވިދާޅުވީ ސަރުކާރުގައި ހޯމް މިނިސްޓަރު ހުންނެވީ ސާބިތުކަމާއި އެކުގައި ކަމަށެވެ. އަދި ރައީސް ޔާމީން މިނިސްޓަރު އުމަރަށް ކުރައްވާ އިތުބާރަށް ބަޔަކު މީހުންނަށް ކެއް ނުކުރެވިގެން މިނިސްޓަރުގެ އަގުވައްޓާލަން ހިންގާ ނާތަހުޒީބު އަމަލުތަކަށް މިނިސްޓަރު ހުންނެވީ ވަރަށް ހުޝިޔާރު ކަމާއެކު ތައްޔާރުވެގެން ކަމަށްވެސް ތަޒްމީލް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް