އައްޑޫގައި ދެ ސައިކަަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
ލިންކް ރޯޑުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ޝަރަފުއްދީން ސްކޫލު ކުރިމަތީގަ އެވެ. ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓްގައި ޒަހަމްވެފައިވަނީ ދެމަފިރިއަކާއި އައްޑޫ ހައި ސްކޫލު ދަރިވަރެކެވެ.
މި ތިން މީހުންނަށްވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް މިމީހުންގެ ހާލު އަދި ސާފުވާގޮތެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް