މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅަކާ އެކު ދެމީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ޢުމުރުން 30 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ.
ފުލުހުން ބުނީ މި ދެ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ހުޅުމާލެ ތެރެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް މި މީހުން ދުއްވި ސައިކަލް މާ ބާރު ސްޕީޑެއްގައި ދިޔުމުން މި މީހުން ފަހަތުން ގޮސް ހުއްޓުވާ ބަލައި ފާސްކުރުމަށްފަހު ބުރާސްފަތި ދުވަހުގެ ރޭ 12:42 ގައި ކަމަށެވެ.
މި ދެ މީހުން ހުއްޓުވާ ބަލާފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނިފައިވާކަމަށާއި މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންޑްފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ތަހުޤީގް ކުރަމުން އަންނަ ކަމަށް ފުލުހުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް