ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭގެ ބަހޫ "އަކްޝަރާ" ރާއްޖޭގައި

ދިވެހި އަންހެންވެރިންގެ މަގްބޫލު ޑްރާމާ ސީރީޒެއް ކަމަށްވާ ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ ގެ ބަހޫ "އަކްޝަރާ" (ހީނާ ހާން) ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެ އެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތު...

11 Oct 2015 | 02:32

ދިވެހި އަންހެންވެރިންގެ މަގްބޫލު ޑްރާމާ ސީރީޒެއް ކަމަށްވާ ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ ގެ ބަހޫ "އަކްޝަރާ" (ހީނާ ހާން) ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުން ކުރު ޗުއްޓީއެއްގައި އަކްޝަރާ ރާއްޖެ އައިސްފައިމިވަނީ ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭގެ ޝޫޓިންނުން ކުޑަ ޗުއްޓީއެއް ނަގައިގެންނެވެ.

ރާއްޖެ އައުމަށްފަހު ރާއްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގައި ކުރަމުން އަންނަ ކަންކަމުގެ ފޮޓޯ ޓްވިޓާގައި އަކްޝަރާ ޝެއާ ކުރަމުން އަންނައިރު ޑްރާމާގައި އަބަދު ސާޅި އަޅައިގެން ހުންނަ އަކްޝަރާ ފެނިގެން ދަނީ މުޅިން ތަފާތު ގޮތަކަށެވެ.

އަކްޝަރާ ރާއްޖެ އައީ ކޮން އިރަކު ކަމެއްވެސް އަދި ރާއްޖެ ދޫކޮށް ދާނީ ކޮން ދުވަހަކު ކަމެއްވެސް އަދި ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ ކޮން ރިޒޯޓެއްގައި ކަމެއްވެސް އިންޑިއާގެ ނޫސްތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް