މާލެ ސިޓީ ޕޮލިހާއި ފުލުހުންގެ އިންޓެލިޖެންސް އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ މާރުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ތަނެއް ހުއްޓުވައިފިއެވެ.
ފުލުހުން ބުނެފައިވަނީ އެގޮތުން ހިންގި ފުރަތަމަ އޮޕަރޭޝަން ސެޕްޓެންބަރު ތިން ވަނަ ދުވަހު ހިންގާފައިވާއިރު، މި އޮޕަރޭޝަނުގައި “ޓްރާންސްފަރ މޯލްޑިވްސް” ގެ ނަމުގައި، ހުއްދަ ހޯދުމަކައި ނުލައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދިއުމާ ގުޅިގެން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ވިޔަފާރި ހުއްޓުވައި، ނޯޓިސް ހަރުކޮށްފައިވާނެކަމަށެވެ.
ސެޕްޓެންބަރު 11 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެމް.އެމް.އޭ އިން ހުއްދަ ނުނަގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ސޮވެނިޔަރ ވިޔަފާރި ކުރާތަން ބަލައިފާސްކޮށްފައިވާކަމަށާއި އެގޮތުން ޗާންދަނީ މަގުގައި ހުންނަ ކާޝިބޯޓް ސުވެނިޔަރ ފިހާރަށްއަށް ގޮސް ބެލިބެލުމުން އެތަނަކީ އެމް.އެމް.އޭ އިން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ މަސައްކަތް ކުރަމުންދާ ތަނެއްކަން ފާހަގަކުރެވުމާ ގުޅިގެން ފިހާރައަށް ވިޔަފާރިކުރުމަށް ދީފައިވާ ހުއްދަ ވަގުތީގޮތުން ވަނީ ބާތިލުކޮށްފައިވާކަމަށާއި އަދި ހަމަ އެހެންމެ މީގެއިތުރުން މި އޮޕަރޭޝަނުގައި، ބޭރު ފައިސާ މާރުކުރުމުގެ ހިދުމަތްދޭ ބައެއް ތަންތަން ބަލައިފާސްކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް އިރުޝާދުދީފައިވާނެކމަަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް