ލައިސަންސް ލިބެންދެން ފަރުވާގެ ޚިދުމަތް ނުދޭން "ފަޒީސް ހިޖާމާ ތެރަޕީ"އިން ޚިދުމަތް ނުދޭން އަންގައިފި

"ފަޒީސް ހިޖާމާ ތެރަޕީ" ރަޖިސްޓްރީކޮށް އޮޕރޭޓިންގ ލައިސަންސް ލިބެންދެން އެތަނުން ދެމުންދާ ހިޖާމާ ފަރުވާގެ ޚިދުމަތް ހުއްޓާލުމަށް އަންގައިފި އެވެ. މި ޚިދުމަތް ހުއްޓާލުމަށް ފަޒީލާ ޢުޘްމާން އަށް މިނިސްޓްރީ...

11 Sep 2024 | 13:17

"ފަޒީސް ހިޖާމާ ތެރަޕީ" ރަޖިސްޓްރީކޮށް އޮޕރޭޓިންގ ލައިސަންސް ލިބެންދެން އެތަނުން ދެމުންދާ ހިޖާމާ ފަރުވާގެ ޚިދުމަތް ހުއްޓާލުމަށް އަންގައިފި އެވެ.

މި ޚިދުމަތް ހުއްޓާލުމަށް ފަޒީލާ ޢުޘްމާން އަށް މިނިސްޓްރީން އަންގާފައިވަނީ މިނިސްޓްރީއަށް ލިބެމުންދާ ޝަކުވާ އަށް ބަލާ އޭނާއާއި ބައްދަލުކޮށް ރަޖިސްޓްރީކޮށްގެން ހިޖާމާގެ ޚިދުމަތް ދިނުމަށް އެންގުމަށް ފަހުގައެވެ.

"ފަޒީސް ހިޖާމާ ތެރަޕީ" ގެ ނަމުގައި ސޯޝަލް މިޑިއާގައި ޞިއްހީ ޚިދުމަތުގެ ގޮތުގައި ކޮށްފައިވާ އިޝަތިހާރުތަކަކީ ވެސް ހެލްތު މިނިސްޓްރީގެ ހުއްދަލިބިގެން މެނުވީ ނުކުރެވޭނެ ކަންކަން ކަމަށްވާތީ އެފަދަ އިޝްތިހާރުތައްވެސް ނެގުމަށް އަންގާފައިވާނެކަމަށްވެސް ހެލްތު މިނިސްޓްރީ އިން ބުނެފައިވެއެވެ.

މީގެ އިތުރުން ސޯޝަލް މިޑިއާގައި ބަލިމީހުންގެ މެޑިކަލް ރިޕޯޓް ތަކުގެ މަޢުލޫމާތަކީ އެންމެ ރައްކާތެރި އަދި ޞައްޙަ މަޢުލޫމާތުކަން ކަށަވަރު ނުވާތީ އެފަދަ ރިޕޯޓްތައްވެސް ސޯޝަލް މީޑިއާއިން ނެގުމަށް ވަނީ އަންގާފައެވެ. ބަލިމީހުންގެ މެޑިކަލް ރެކޮޑްތައް އާއްމުކުރެވޭނީ އެފަދަ ޙާލަތެއްގައި ބަލިމިހާގެ ހުއްދައާއި އެކުގައި ކަމަށްވެސް ބުނެފައިވެއެވެ.

އަދި ރަޖިސްޓްރީކޮށް އޮޕަރޭޓިންގ ލައިސަންސް ނުނަގައި އެ ޚިދުމަތް ދެމުން ގެންދާނަމަ ޤާނޫނު ނަންބަރު 29/2015 ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު( ގެ 20 ވަނަ މާއްދާގައިވާ ގޮތުގެމަތިން މިނިސްޓްރީއަށް ލިބިގެންދާ ބާރުގެ ދަށުން ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެ ކަމަށް ފަޒީލާ އަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

ޞިއްޙީ ފަރުވާއެއް ފޯރުކޮށްދިނުމަށް ބޭނުންވާނަމަ ހަމެޖެހިފައިވާ އުސޫލު ގެ ދަށުން ހުށަހަޅުއްވައިގެން އެ ޚިދުމަތަށް ރަޖިސްޓްރީކޮށް އޮޕަރޭޓިންގ ލައިސަންސް ހޯއްދެވުމަށްފަހުގައި ނޫނީ ހިޖާމާގެ ޚިދުމަތް ނުދިނުމަށް 2019 ވަނަ އަހަރުވެސް ފަޒީލާ އަށް މިނިސްޓްރީން ވަނީ އަންގާފައެވެ.

މިހާރަކަށް މި ޤާނޫނާއި ޚިލާފަށް އައިސް އޯލްޓަނޓިވް ބޭސްފަރުވާގެ ޚިދުމަތް (ހިޖާމާ ދިވެހި ބޭހުގެ ޚިދުމަތާއިގެ ޚިދުމަތް) ދެމުންދާކަން ފާހަގަ ކުރެވިފައިވާތީ ރަޖިސްޓަރީނުކޮށް، މިފަދަކަންކަން ކުރާފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް މިނިސްޓްރީން ވަނީ އަންގާ އިއުލާންކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް