ޔޫތު މިނިސްޓްރީން މަލްޝާ އަދި ޝިއުނާ ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކޮށްފި

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މަލްޝާ ޝަރީފް އަދި މަރިޔަމް ޝިއުނާ އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މިނިސްޓްރީއިން އެބޭފުޅުންގެ އަގު ވަޒަންކޮށް ޝުކުރު އަދާކޮށް...

11 Sep 2024 | 10:24

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި މަލްޝާ ޝަރީފް އަދި މަރިޔަމް ޝިއުނާ އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެ މިނިސްޓްރީއިން އެބޭފުޅުންގެ އަގު ވަޒަންކޮށް ޝުކުރު އަދާކޮށްފިއެވެ.

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ ކަމުން މަލްޝާ އަދި ޝިއުނާ އިސްތިއުފާ ދެއްވާފައިވަނީ އިއްޔެއެވެ. އެބޭފުޅުން މަގާމުން އިސްތިއުފާދެއްވާފައިވަނީ މަގާމުން ސަސްޕެންޑްކޮށްފައި ހުންނަތާ ނުވަ މަސް ފަހުންނެވެ. މުސާރަ ލިބޭ ގޮތަށް ދެބޭފުޅުން ސަސްޕެންޝަންގައި ހުރުމުން އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް އެބޭފުޅުންނަށް ދިޔައީ އަމާޒު ވެގެންނެވެ.

މަލްޝާ އަދި ޝިއުނާ ސަސްޕެންޑްކޮށްފައިވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ފުރައްސާރަ ކުރުމުގެ ސަބަބުން މި އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. އެބޭފުޅުން މަގާމަށް އައްޔަންކޮށްފައިވަނީ2023 ވަނަ އަހަރުގެ ނޮވެމްބަރު މަސްތެރޭގައެވެ.

ޔޫތު މިނިސްޓްރީން ވަނީ އެބޭފުޅުން ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަން ކޮށް ޝުކުރުގެ ޕޯސްޓެއއް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް