ރަސްދޫގައި ބަރަހަނާ ފިލްމު ކުޅުނީ މި މަހަކު ނޫން: ފުލުހުން

ފަތުރުވެރިންތަކެއް އއ. ރަސްދޫގައި ބަރަހަނާ ފިލްމު ކުޅުނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނޫންކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް ދިވެހި ފުލުހުން ބުނެފިއެވެ. ފުލުހުން އިއްޔެ ބުނެފައިވ...

11 Sep 2024 | 10:08

ފަތުރުވެރިންތަކެއް އއ. ރަސްދޫގައި ބަރަހަނާ ފިލްމު ކުޅުނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނޫންކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

ފުލުހުން އިއްޔެ ބުނެފައިވަނީ އއ. ރަސްދޫގެ މަގުތަކުގައްޔާއި ބީޗުގައި ޓޫރިސްޓުންތަކެއް ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް އަދި އެފަދަ ޝަކުވާއެއްވެސް ފުލުހުންނަށް ލިބިފައިނުވިނަމަވެސް ސޯޝަލް މީޑިއާގައި އެފަދަ ވާހަކަތަކެއް ދައުރުވަމުންދާތީ ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށެވެ.

އެއަށްފަހު ދެންމެ މީޑިއާތަކަށް މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނެފައިވަނީ އެއީ މި ސެޕްޓެމްބަރުގައި ހިނގާފައިވާކަމެއް ނޫންކަން އެނގިފައިވާކަމަށާއި އިތުރަށް ހޯދަންޖެހޭ ކަންކަން ކަމާ ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ހޯދަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް