އިތުރު ތަހުލީލުތައް ކުރުމަށް ޒަކިއްޔާގެ ހަށިގަނޑު މާލެއަށް

ނ. ހޮޅުދޫ ނިއުލައިފް ގޭގެ ގޯތިތެރޭގައި މަރުވެފައި އޮއްވާ އިއްޔެ ފެނުނު އެ ރަށު ޒަކިއްޔާ މޫސާގެ ހަށިގަނޑު މާލެ ގެނެސްފައިވާކަމަށް ފުލުހުން ބުނެފިއެވެ. އެގޮތުން މިއަދު ހެނދުނު މީޑިއާތަކަށް މައުލޫމާތުދެމ...

11 Sep 2024 | 05:11

ނ. ހޮޅުދޫ ނިއުލައިފް ގޭގެ ގޯތިތެރޭގައި މަރުވެފައި އޮއްވާ އިއްޔެ ފެނުނު އެ ރަށު ޒަކިއްޔާ މޫސާގެ ހަށިގަނޑު މާލެ ގެނެސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

އެގޮތުން މިއަދު ހެނދުނު މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އިތުރު ތަހުލީލުތައް ކުރުމަށް ޒަކިއްޔާގެ ހަށިގަނޑު ރޭގެ ދަންވަރުގެ ވަގުތެއްގައި މާލެ ގެނެސްފައިވާކަމަށެވެ.

"މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވޭ" ފުލުހުން ބުނެފައިވެއެވެ.

އެ ގޭގެ ގޯތިތެރޭގައި ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޒަކިއްޔާގެ ހަށިގަނޑު އެ ގޯތިތެރެއަށް ވެއްޓި ޚަބަރު ހުސްވެފައި އޮތް އިރު ބޮލުގައި ޒަޚަމެއް ހުއްޓެވެ. އަދި ނޭވާ ހޮޅި ބުރިވާވަރަށް ކަރުގައި ވަޅި އަޅާފައި ހުރިކަމަށްވެސް ބައެއް މީޑިއާތަކުން އެ ރަށުގެ ބައެއް ފަރާތްތަކާއި ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

ޒަކިއްޔާގެ މަރާއި ގުޅޭ ތަހުގީގުގެ މާ ގިނަ މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް