ކުޅުދުއްފުށީ ފަޅުތެރޭގައި މަރުވެފައި އޮތް ދިވެއްސެއް

މަރުވެފައި އޮތް ދިވެއްސެއްގެ ހަށިގަނޑު، ހދ. ކުޅުދުއްފުށީ ފަޅުތެރެއިން ފެނިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ކުޅުދުއްފުށީ ފަޅުތެރެއިން ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން...

11 Sep 2024 | 04:57

މަރުވެފައި އޮތް ދިވެއްސެއްގެ ހަށިގަނޑު، ހދ. ކުޅުދުއްފުށީ ފަޅުތެރެއިން ފެނިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ކުޅުދުއްފުށީ ފަޅުތެރެއިން ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފަޅުތެރެއިން ދޯންޏަކަށް އެމީހާ ނަގާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނައިރު ކުޅުދުއްފުށި އޮންލައިނުން ބުނެފައިވާގޮތުގައި ފެނުނު އެމީހަކީ އެ ރަށު ޑެއިޒީފެހި، އުމުރުން 36 އަހަރުގެ މުހައްމަދު ހުސެއިން އެވެ.

ހޮސްޕިޓަލަށް ގެންދިޔައިރުވެސް ފުރާނަ ނެތްކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވާކަމަށްވެސް ކުޅުދުއްފުށި އޮންލައިނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް