"ޖީ-20 ސަމިޓަކީ ވަރަށް ބޮޑު ކާމިޔާބީއެއް، ރަނގަޅު ހައްލެއް ފެނިއްޖެ": ލަވްރޯފް

ނިއުދިއްލީ ޖީ-20 ސަމިޓަކީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައިރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް އާދީއްތަ ދުވަހު ވަނީ ފާހަގަ ކުރައްވާފައެވެ. "މިއީ ވަރަށް ދިގު ރާސްތާއެއް ނަމަވެސް މި ސަމިޓަކީ ވަރަށް...

11 Sep 2023 | 17:25

ނިއުދިއްލީ ޖީ-20 ސަމިޓަކީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައިރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް އާދީއްތަ ދުވަހު ވަނީ ފާހަގަ ކުރައްވާފައެވެ.

"މިއީ ވަރަށް ދިގު ރާސްތާއެއް ނަމަވެސް މި ސަމިޓަކީ ވަރަށް ބޮޑު ކާމިޔާބީއެއް... ހަމައެހެންމެ، ތާރީޚުގައި ފުރަތަމަ ފަހަރަށް ޖީ-20 ގެ ޤައުމުތައް، ދުނިޔޭގެ ދެކުނުން ޙަޤީޤަތުގައި ވެސް އެއްބައިވަންތަކޮށްދެއްވި، އިންޑިޔާގެ ރައީސްގެ ޙަރަކާތްތެރި ދައުރުވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ." ބްރިކްސްގެ ޕާޓްނަރުން ކަމަށްވާ ބްރެޒިލް، އިންޑިއާ، ޗައިނާ، ސައުތު އެފްރިކާ އަކީ ހާއްސަކޮށް ހަރަކާތްތެރިވެ، ދުނިޔޭގެ ދެކުނުގެ ގައުމުތަކުން އެ ގައުމުތަކުގެ ގާނޫނީ މަސްލަހަތު ދަމަހައްޓައި ހިމާޔަތް ކުރުމަށް ގެންގުޅޭ މި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ވަރަށް ބޮޑަށް ހަރަކާތްތެރިވާ ބައެއް،" ލަވްރޯފް ވިދާޅުވި އެވެ.

ލަވްރޯފް ވަނީ އިންޑިއާގެ ޖީ-20 ސަމިޓްގެ ހުށަހެޅުންތައް މުރާޖައާ ކުރުމަށް އިންޑިއާގެ ޖީ-20 ގެ ދައުރު ނިމުމުގެ ކުރިން ނޮވެމްބަރު މަހު ވާޗުއަލް ކޮށް ޖީ-20 ސެޝަނެއް ބޭއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުށަހެޅުއްވި ހުށަހެޅުއްވުމަށް އިޝާރާތް ކުރައްވާފައެވެ.

"މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މޯދީ ވިދާޅުވީ ނޮވެމްބަރު މަހުގެ ފަހުކޮޅު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިތުރު ޖީ-20 ސަމިޓެއް ބާއްވާނެ ކަމަށް. މިއީ މިއަދު އަޅުގަނޑުމެން ވެފައިވާ އެއްބަސްވުންތައް ތަންފީޒު ކުރާ ގޮތް މުރާޖައާ ކުރަން ލިބޭ އިތުރު ފުރުސަތަކަށް ވާނެ،" ލަވްރޯފް ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ހުޅަނގުގެ ގައުމުތަކުން ވެފައިވާ ވައުދު ނުފުއްދޭ ކަމަށް ރަޝިއާގެ ލީޑަރު ތުހުމަތު ކުރެއްވި އެވެ. "މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ ގެއްލުންތަކުން އަރައިގަތުމަށް އަހަރަކު 100 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ހުޅަނގުން މީގެ މާ ކުރިން ވައުދުވި ނަމަވެސް އެކަމާ ގުޅޭ އެއްވެސް ކަމެއް ކުރެވިފައެއް ނުވޭ! އަދި ދުނިޔޭގެ އިގްތިސާދުގެ މަސްލަހަތު ބެލެންސް ކުރުމަށްޓަކައި ޒަމާނުއްސުރެ ވެފައިވާ ވައުދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރަންޖެހޭ މަސައްކަތްތައް ވެސް އެ އިއުލާނުގައި ފާހަގަކޮށްފައިވޭ" އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ޖީ-20 ސަމިޓް ނިންމަވާލައްވާފައިވާކަން އިއުލާނު ކުރައްވައި، ބައިނަލްއަގްވާމީ އިގްތިސާދީ އެއްބާރުލުން ދިނުމަށް ބާއްވާ ޕްރިމިއާ ފޯރަމްގައި ހުށަހެޅުއްވި ހުށަހެޅުންތައް ދިރާސާކުރުމަށް އަންނަ ނޮވެމްބަރު މަހު ވާޗުއަލް ކޮށް ޖީ20 ސެޝަނެއް ބޭއްވުމަށް ހުށަހަޅުއްވާފައެވެ.

ސަމިޓް ނިމިފައިވާކަން އިއުލާނު ކުރެއްވުމުގެ ކުރިން މޯދީ ވަނީ ގްރޫޕް އޮފް 20 ގެ ރައީސްކަމުގެ ސެރެމޯނިއަލް ގެވެލް ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއާ ހަވާލުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް