އެޕަލް ކުންފުނީގެ ކުރިއަށް އޮތް އައިފޯން 15 ސީރީޒްގެ ސްމާޓްފޯނުތަކުގެ ގިނަ ތަފްސީލުތަކެއް ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި އޮންލައިންކޮށް އާންމުވެފައިވާއިރު، އޭގެ ތެރޭގައި ރެގިއުލާ އަދި ޕްރޯ މޮޑެލްތަކުގެ ކުލަ އޮޕްޝަންތަކުގެ އިތުރުން އޭގެ އިންޓާނަލް ސްޕެސިފިކޭޝަންތައްވެސް ހިމެނެ އެވެ.
މިހާރު ކުރިއަށް އޮތް އައިފޯން 15 ގެ ލައިންއަޕްގެ ބަރުދަނާއި މިންތައް ލީކްވެ، އެ ކުންފުނީގެ ކުރިއަށް ނުކުންނަ ފޯނުތަކުން އުއްމީދު ކުރަންވީ ކަންތައްތަކުގެ ވިސްނުމެއް ވަނީ ލިބިފަ އެވެ.
ނަން ހާމަނުކުރާ ފަރާތްތަކާ ހަވާލާދީ މެކްރޫމަރސްގެ ރިޕޯޓެއްގައި ބުނެފައިވަނީ އައިފޯން 15 ގެ މިންތަކުގައި 7.8×71.6x147.6މިލިމީޓަރު ހުންނާނެ ކަމަށާއި ބަރުދަނުގައި 171 ގްރާމް ހުންނާނެ ކަމަށެވެ.
އައިފޯން 15 އަދި އައިފޯން 15 ޕްލަސް އިން ވެސް 2022 ގެ މޮޑެލް ފަދައިން ޗެސިސް އަށް ބޭނުންކުރާނީ ހަމަ 6013 ޓީ6 އެލުމިނިއަމް މެޓީރިއަލް ކަމަށް ރިޕޯޓުގައި ވެ އެވެ.
އައިފޯން 15 ޕްރޯގެ ބަރުދަނުގައި 146.6x70.6x8.25 މިލިމީޓަރު ހުންނާނެ ކަމަށާއި ބަރުދަނުގައި 188 ގްރާމް ހުންނާނެ ކަމަށް ރިޕޯޓުގައި ވެ އެވެ.
އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް ގެ މޮޑެލްތަކުގައި މިދިޔަ އަހަރުގެ ފޯނުތަކުގައި ބޭނުންކުރި ސްޓެއިންލެސް ސްޓީލް މެޓީރިއަލްގެ ބަދަލުގައި ޓައިޓޭނިއަމް ޗެސިސް އެއް ހުންނާނެ ކަމަށް ބެލެވެ އެވެ.
އެހެންކަމުން މި އަހަރު ސްމާޓްފޯންތައް ލުއިވެ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދާނެ ކަމަށް ބެލެވެ އެވެ. އައިފޯން 15 އަދި އައިފޯން 15 ޕްލަސްގައި ވެސް އެއް އެލުމިނިއަމް ޗެސިސް ހުންނާނެ ކަމަށް ބެލެވޭއިރު، މި ސްމާޓްފޯންތަކުގެ ބަރުދަނަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް