2026 ވަނަ އަހަރުގެ ނިޔަލަށް އެޕަލްއަށް 5ޖީ މޮޑެމް ފޯރުކޮށްދޭނެ ކަމަށް ކުއަލްކޮމްއިން ބުނެފި

2026 ވަނަ އަހަރުގެ ނިޔަލަށް އެޕަލް އަށް ސްމާޓްފޯނުތަކަށް 5ޖީ މޮޑެމް ފޯރުކޮށްދޭނެ ކަމަށް ކުއަލްކޮމް އިން ބުނެފިއެވެ. ކުއަލްކޮމް އިން ބުނީ 2026 ވަނަ އަހަރުގެ ނިޔަލަށް އެޕަލް އަށް ސްމާޓްފޯނުތަކަށް 5ޖީ މޮ...

11 Sep 2023 | 16:58

2026 ވަނަ އަހަރުގެ ނިޔަލަށް އެޕަލް އަށް ސްމާޓްފޯނުތަކަށް 5ޖީ މޮޑެމް ފޯރުކޮށްދޭނެ ކަމަށް ކުއަލްކޮމް އިން ބުނެފިއެވެ.

ކުއަލްކޮމް އިން ބުނީ 2026 ވަނަ އަހަރުގެ ނިޔަލަށް އެޕަލް އަށް ސްމާޓްފޯނުތަކަށް 5ޖީ މޮޑެމް ފޯރުކޮށްދިނުމުގެ ދިގުމުއްދަތުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.

ވޯލް ސްޓްރީޓްގެ އެނަލިސްޓުންނާއި ކުއަލްކޮމްގެ އޮފިޝަލުން މީގެ ކުރިން ބުނެފައި ވަނީ، 2024 ވަނަ އަހަރު އުފެއްދި 5ޖީ މޮޑެމް އެޕަލް އިން ބޭނުންކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އެޕަލް އަށް ވިއްކާ ވިއްކުމުގެ ސަބަބުން ކުއަލްކޮމްގެ ފޯނުތަކުގެ ވިޔަފާރި އަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ. ޖޫން މަހު ނިމުނު ކުއާޓަރުގައި 5.26 ބިލިއަން ޑޮލަރުވިއްކާފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، ކްރިޓިކަލް ކަސްޓަމަރަކު ގެއްލުމުގެ ފުރުސަތު ކުޑަވެގެން ދާނެއެވެ. ޔޫބީއެސްއިން އަންދާޒާކޮށްފައިވާ ގޮތުގައި ކުއަލްކޮމްއަށް 2022 ވަނަ އަހަރު ލިބުނު 44.2 ބިލިއަން ޑޮލަރުގެ އާމްދަނީގެ ގާތްގަނޑަކަށް 21 އިންސައްތަ ލިބިފައިވަނީ އެޕަލް އިންނެވެ.

ކުއަލްކޮމް އިން މިހާރު އެޕަލްގެ އައިފޯނުތަކަށް 5ޖީ މޮޑެމް ސަޕްލައި ކުރަމުން އަންނަ އިރު، އެޕަލް އިން އަންނަނީ ކުއަލްކޮމް ޗިޕްތަކާ ދުރަށް ދިއުމަށް އަމިއްލަ މޮޑެމްތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން 2019 ވަނަ އަހަރު އިންޓެލްގެ ސްމާޓްފޯން މޮޑެމް ޑިވިޝަނެއް ގަތީ އަމިއްލަ މޮޑެމް އެއް އުފެއްދުމަށެވެ. ނަމަވެސް އެނަލިސްޓުން ލަފާކުރާ ގޮތުގައި ކުއަލްކޮމްގެ ޗިޕްތަކުގެ ކޮމްޕްލިކޭޝަންގެ ސަބަބުން އެޕަލް އަށް ކުއަލްކޮމްގެ ޗިޕްތަކާ ދުރަށް ދިއުމަކީ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ.

ޔޫބީއެސްގެ އަންދާޒާތައް ދައްކާ ގޮތުން 2022 ވަނަ އަހަރު ގާތްގަނޑަކަށް 1.9 ބިލިއަން ޑޮލަރަށް ހުރި ސެލިއުލާ ލައިސަންސިން ފީގެ ޒަރިއްޔާއިން ވެސް ކުއަލްކޮމް އިން އެޕަލް އިން ފައިސާ ހޯދަ އެވެ.

ކުއަލްކޮމް އިން އެޕަލް އިން ރޯޔަލްޓީ ނަގަމުން ދަނީ ހަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެ އެއްބަސްވުމަކީ އެޕަލް އާއި ކުއަލްކޮމްއާ ދެމެދު ރޯޔަލްޓީއާ ގުޅޭ ގާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް 2019 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމެކެވެ.

ކުއަލްކޮމް އިން ބުނީ އެޕަލް އިން 2026 ވަނަ އަހަރުގެ ސްމާޓްފޯން ލޯންޗުކުރުމަށް ބޭނުންވާ މޮޑެމްތަކުގެ 20 އިންސައްތަ ސަޕްލައި ކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

އެޕަލް އިން އަންނަ އަންގާރަ ދުވަހު އައިފޯން 15 ގެ ނަމުން ނަން ދީފައިވާ އާ އައިފޯންތައް ލާންޗު ކުރާނެ ކަމަށް ބެލެވޭ އިރު، އެ ފޯނުތަކުގައި ބޭނުން ކުރާނީ ކުއަލްކޮމް މޮޑެމްސް ކަމަށް ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް