އެއްވެސް ކޯލީޝަނެއްގައި ބައިވެރިއެއް ނުވާނަން: ޒަމީލް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް އެއްވެސް ކޯލީޝަނެއްގައި ބައިވެރިނުވާނެ ކަމުގައި ހަސަން ޒަމީލް ވިދާޅުވެއްޖެއެވެ. ޒަމީލް މިހެން ވިދާޅުވީ މި ނޫހުން ކުރި ދެ ސުވާލަކަށް ދެއްވި ކުރު ޖަވާބެއްގައެވެ. ދެވަ...

11 Sep 2023 | 10:43

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް އެއްވެސް ކޯލީޝަނެއްގައި ބައިވެރިނުވާނެ ކަމުގައި ހަސަން ޒަމީލް ވިދާޅުވެއްޖެއެވެ.

ޒަމީލް މިހެން ވިދާޅުވީ މި ނޫހުން ކުރި ދެ ސުވާލަކަށް ދެއްވި ކުރު ޖަވާބެއްގައެވެ.

ދެވަނަ ބުރެއްގައި ކޯލީޝަނަކަށް ގޮސްދާނެތޯ އާއި އެފަދަ މަޝްވަރާއެއް އެބަ ކުރެވޭތޯ ސުވާލުކުރުމުން ޒަމީލް ވިދާޅުވީ ދެ ސުވާލަށްވެސް "ނޯ" ކަމަށެވެ.

ކޯލީޝަނަކަށް ނުދާނެކަން ޒަމީލް ކުރިންވެސް އިއުލާނުކުރެއްވިއެވެ. އަދި ޒަމީލްގެ ކެމްޕޭނު ސްލޯގަނެއްގެ ގޮތުގައިވެސް ބޭނުންކުރެއްވީ "ކޯލީޝަން ނޫން ގޮތެއް" މި ސްލޯގަންއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޒަމީލް 327 ވޯޓު ހޯއްދެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް