މަސް ހިފަން މޫދަށްފޭބި މީހަކު މަރުވެއްޖެ

ހުޅުމާލޭގައި މަސް ހިފަން މޫދަށް ފޭބި މީހަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ ސްރީ ލަންކާއަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ. މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އޭނާ މަ...

11 Sep 2023 | 10:34

ހުޅުމާލޭގައި މަސް ހިފަން މޫދަށް ފޭބި މީހަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ ސްރީ ލަންކާއަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފިރިހެނެކެވެ.

މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އޭނާ މަސް ހިފަން ފޭބީ ހުޅުމާލޭ ފޭސް 2 ގެ އިރު އުތުރު ފަރާތުންނެވެ. އަދި ގެއްލިގެން ހޯދަމުންދަނިކޮށް ފަޅުތެރޭން ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް