މި އިންތިހާބު ކާމިޔާބު ކުރައްވާނީ ގާސިމް ތާއީދުކުރައްވާ ކެނޑިޑޭޓެއް: އިލްހާމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ކާމިޔާބުކުރައްވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތާއީދުކުރައްވާ ކެނޑިޑޭޓަކު ކަމުގައި ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ. އިލްހާމ...

11 Sep 2023 | 08:45

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ކާމިޔާބުކުރައްވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތާއީދުކުރައްވާ ކެނޑިޑޭޓަކު ކަމުގައި ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ލީޑަރަށް ވޯޓުދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން އިލްހާމް ކުރެއްވި ޓްވީޓްގައި ދެވަނަ ބުރަށް ހޮވުނު ދެ ކެނޑިޑޭޓުންނަށް އިލްހާމް މަރުހަބާ ދަންނަވާފައިވެއެވެ.

"މާތް ﷲ ސުބްހާނަހޫ ވަތައާލާގެ ވާގިފުޅާއެކު މި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އޮނަރަބަލް ގާސިމް އިބްރާޙިމް ތާއީދުކުރައްވާ ކެނޑިޑޭޓެއް" އިލްހާމް ވިދާޅުވެފައިވެއެވެ.

އިލްހާމް އިތުރަށް ވިދާޅުވެފައިވނީ ވަގުތާއި ހާލަތުގެ ގޮތުން ގައުމަށް އެންމެ ފައިދާހުރި ގޮތަކަށް ބަލައި ވަރަށް އަވަހަށް ގާސިމް ނިންމަވާ ނިންމެވުން ރައްޔިތުންނާ ހިއްސާކުރައްވާނެ ކަމަށެވެ.

https://twitter.com/ilhammaldives/status/1701152224439861690

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް