ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދިޔަ ދެ ކެނޑިޑޭޓުންގެ ފަރާތުންވެސް ހުށަހެޅުން އަހިސްފި ކަމަށާއި، ނިންމާ ގޮތެއް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި ކެނޑިޑޭޓް އަހުމަދު ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.
ފާރިސް ވިދާޅުވީ، ދެވަނަ ބުރަށް ދިޔަ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުންވެސް އެކުގައި މަސައްކަތް ކުރުމަށް ހުށަހެޅުން ލިބިފައިވާ ކަމަށެވެ.
ނަމަވެސް އަދި ގޮތެއް ނުނިންމާ ކަމަށާއި، އެކަމުގައި ނިންމާ ގޮތެއް އާއްމުކޮށް އިއުލާނު ކުރައްވާނެ ކަމަށެވެ.
އިންތިހާބުގެ ކުރިން ޓުވިޓާގައި ފާރިސް ކުރިއަށް ގެންދިޔަ ލައިވްއެއްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ބުނެފައި ވަނީ، ދެވަނަ ބުރަށް ނުގޮސްފިނަމަވެސް އެހެން ބަޔަކާ ގުޅުމަށް ވިސްނަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން ފާރިސްގެ މެނިފެސްޓޯގައި ހުރި ކަންތައްތަކާއި، ކޮންމެހެން ދޫ ނުކުރެވޭނެ ކަންތައްތަކެއް ހުންނާނެކަން ފާހަގަ ކުރައްވައި ފާރިސް ވިދާޅުވެފައި ވަނީ، އެކުވާނީ އެ ކަންކަަމަށް އެއްބަސްވާ ބަޔަކާ ކަމަށެވެ.
އަދި އެފަދައިން ނުވެއްޖެ ނަމަ ވަކި ބަޔަކާ އެކުނުވެ ހުރުމުގެ ފުުރުސަތުވެސް އެބައޮތް ކަމަށް ފާރިސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް