ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ނަހުލާ ވޯޓު ނުދެއްވާކަން ހާމަވެއްޖެއެވެ.
އެގޮތުން މިހާރު ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި ނަހުލާ ވޯޓުނުދެއްވާކަން އެ ނޫހަށް ވަނީ ކަށަވަރުކުރެވިފައެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ފުރަތަމަ ބުރުގައި ވޯޓު ނުލާ ސަބަބާއި ގުޅޭގޮތުން ޖޭޕީ އަދި ނަހުލާގެ ފަރާތުންވެސް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ރިޔާސީ އިންތިހާބަށް ގާސިމް ކުރި ކެމްޕޭނުގައި އަބަދުވެސް ނަހުލާ ގާތުގައި ހުންނެވި މަންޒަރު ފެނިގެން ގޮސްފައިވެއެވެ. އެ ޕާޓީގެ ކައުންސިލުން ނިންމި މުހިންމު ނިންމުންތަކުގައިވެސް ނަހުލާ ބައިވެރިވެވަޑައިގެންނެވިއެވެ. ކެނޑިޑަސީ ފޯމު ހުށަހަޅުއްވަން ވަޑައިގަތްއިރުގައިވެސް އެކުގައި ނަހުލާ ވަޑައިގެންނެވިއެވެ. އަދި ކެމްޕޭނު ނިންމާލުމަށް ބޭއްވި ހަރަކާތުގައިގައިވެސް ނިމެންދެން ގާތުގައި ހުންނެވިއެވެ.
ނަހުލާ ވޯޓުނުލައްވާކަން ޔަގީންވެފައިވީނަމަވެސް ގާސިމްގެ ހަގު އަނބިކަނބަލުން ރާނިޔާ ވޯޓުލިކަން އޭނާ ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް