ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު ދަށްވުމަކީ ނަތީޖާ ރަނގަޅުނުވުމުގެ އެންމެ ބޮޑު އެއް ސަބަބުކަމުގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ހެނދުނު ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެގޮތުން ރައީސް ވިދާޅުވީ އުންމީދުކުރިވަރުގެ ނަތީޖާއެއް ނުނެރެވުމުގައި ވަރަށްގިނަ މިސްޓޭކްސް ހެދިފައިވާކަމަށާއި ޓާންއައުޓް ދަށްވުމަކީ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.
"ހުރިހާ ދާއިރާއެއްގައިވެސް ދޭޏް ނިންމައިގެންތިބި މީހުންގެ ތެރެއިން ވަރަށްގިނަ ބަޔަކު ވޯޓުނުލާ އެބަތިބި" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިދާރީގޮތުން ބައެއްކަންކަން ކުޑަކޮށް ފަރުވާކުޑަކޮށް ދިޔައީ ކަމަށާއި އެކަން ހުރިހާ ދާއިރާއަކުންވެސް ފާހަގަކުރެވޭ ކަމަށެވެ.
"ބައެއް ރަށްރަށުން 300، 400 އެއްހާ މީހުންނަށް ވޯޓު ނުލެވި އެބަހުރި" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ވޯޓުލުން ހަތަރެއް ޖެހުމާއެކު ޓަސް ލާފަ ބަންދުކުރީމަ ހަވީރު އަންނަން ތިބި މީހުންނަނަށް ނާދެވުން އެއީ ވެދާނެ ކަމެއް ކަމަށެވެ. އަދި ޓީމްތަކުން މީހުން ނެރުމުގައި ކުރިން ކުރާ ވަރަށް މަސައްކަތް ކުރެވިފައިނުވާތަން ފެންނަ ކަމަށާއި އެކަންކަން ބަދަލުވީމާ ނުވާނެ ކަމަށް ނުފެންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް