ދެ ބަޔަކު ނޫނީ ތިން ބަޔަކު އަޅުގަނޑުމެންނާ އެކީ އަރާނެކަމަށް ގަބޫލުކުރެވޭ: ރައީސް ސޯލިހް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދެބަޔަކު ނޫނީ ތިން ބަޔަކު ގުޅޭނެކަމަށް ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރ...

11 Sep 2023 | 06:09

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދެބަޔަކު ނޫނީ ތިން ބަޔަކު ގުޅޭނެކަމަށް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް މިއަދު ދެއްވި އިންޓަވިއުއެއްގައެވެ.

އެ އިންޓަވިއުގައި ރައީސް ސޯލިހް ވިދާޅުވީ މިހާރުވެސް އެ ވާހަކަ ދެވެމުންދާކަމަށާއި އަދި ބައެއް ފަރާތްތަކުން އެކަމަށް ފެހި ސިގްނަލްވެސް ލިބިފައިވާކަމަށެވެ.

"ރަސްމީކޮށް އެކަން އިއުލާނުކުރެވޭ ހިސާބަކަށް އަދި ނުދޭ" ރައީސް ސޯލިހް ވިދާޅުވިއެވެ.

މި މައުލޫގައި ރައީސް ސޯލިހް އިތުރަށް ވިދާޅުވީ އެކަން ކުރެވުނީމާ ކުރިއެރުން ލިބޭނެކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް