ރައީސް ނަޝީދާއި އީވާގެ އިތުބާރު މައްސަލަ އެމްޑީޕީން އަނބުރާ ގެންގޮސް އެކަން ނިމުމަކަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި އެ މަޖިލީހުގެ ނައިބުރައީސް އީވާގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދަން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއ...

11 Sep 2023 | 05:43

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަދި އެ މަޖިލީހުގެ ނައިބުރައީސް އީވާގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދަން ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

މިއަދުގެ ޖަލްސާގައި މިގޮތަށް ނިންމީ އެ މައްސަލަ ހުށަހެޅުއްވި އެމްޑީޕީގެ މެންބަރުންގެ ތެރެއިން އަނބުރާ ގެންދަން ބޭނުންވާ އަދަދަށް ސޮއި އަލުން ހުށަހަޅާފައިވުމުންނެވެ.

އެގޮތުން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ފާހަގަކުރެއްވި ގޮތުގައި ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވި 54 މެންބަރުންގެ ތެރެއިން 33 މެންބަރުން ސޮއި އަނބުރާ ގެންދެވެމުން އަދަދު 21 އަށް ދަށްވެފައިވާކަމަށާއި އީވާގެ އިތުބާރު ނެތްކަމަށް ސޮއި ހުށަހެޅުއްވި 50 މެންބަރުންގެ ތެރެއިން 33 ސޮއި އަނބުރާ ގެންދެވުމުން އެ އަދަދު 17 އަށް ދަށްވެފައިވާކަމަށެވެ.

އަދި ގަވާއިދު ބުނާގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބުރައީސްގެ އިތުބާރުގެ މައްސަލަ ކުރިއަށްގެންދެވެން އަންނަނީ 22 ސޮޔާއެކުގައި ކަމަށްވާތީ އެ އަދަދު ހަމަނުވާތީ އެ މައްސަލަ ދެން ކުރިއަށް ނުދާނެ ކަމަށެވެ. އަދި މިއަދުގެ ޖަލްސާ ރިޔާސަތުން ނިންމަވާލެއްވީ މިއަދުގެ އެޖެންޑާގައި އޮތީ އެ މައްސަލަ އެކަނިކަމަށްވެފައި މިހާރު އެ މައްސަލައިގާ ގޮތެއް ނިމިފައިވާތީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް