ކްރިމިއާގެ ސްޓާލިންކް ސިގްނަލްތައް ހުއްޓާލަން މަސްކް އަންގަވައިފި

ކްރިމިއާގައި ސްޓާލިންކް އިން ދެމުންދާ ޚިދުމަތްތައް މެދުކަނޑާލަން އީލޮން މަސްކް އަންގަވައިފިކަމަށް ސީއެންއެން އިން ރިޕޯޓްކޮށްފިއެވެ. ކްރިމިއާ އަކީ 2014 ވަނަ އަހަރު ރަޝިއާ އިން ހިފާ އަތްދަށުލާފައި ވާ ޔޫ...

11 Sep 2023 | 05:34

ކްރިމިއާގައި ސްޓާލިންކް އިން ދެމުންދާ ޚިދުމަތްތައް މެދުކަނޑާލަން އީލޮން މަސްކް އަންގަވައިފިކަމަށް ސީއެންއެން އިން ރިޕޯޓްކޮށްފިއެވެ. ކްރިމިއާ އަކީ 2014 ވަނަ އަހަރު ރަޝިއާ އިން ހިފާ އަތްދަށުލާފައި ވާ ޔޫކްރައިންގެ ސިޓީއެކެވެ.

ސްޕޭސް އެކްސް އާއި ޓެސްލާގެ ބާނީގެ ކުރިއަށް އޮތް ބައޮގްރަފީގެ ބައެއް ވާހަކަތަކާ ހަވާލާދީ ސީއެންއެން އިން ބުރާސްފަތި ދުވަހު ބުނީ ނިއުކްލިއާ ހަނގުރާމައެއް ހިނގައިދާނެ ކަމުގެ ބިރު އޮތުމުން މިދިޔަ އަހަރު ކްރިމިއާއަށް ޔޫކްރެއިންއިން ދިން ހަމަލާ ހުއްޓުވަން އެލޮން މަސްކް އަމިއްލައަށް ނުފޫޒު ފޯރުވި ކަމަށެވެ.

ޔޫކްރެއިންގެ ޑްރޯންތައް ކްރިމިއާގެ އައްސޭރިފަށާ ގާތްވަމުން ދަނިކޮށް، އެ ޑްރޯންތަކުގެ ކަނެކްޓިވިޓީ ގެއްލި، ގެއްލުން ކުޑަ ގޮތަކަށް އައްސޭރި ފަށަށް އެރި ކަމަށް ވޯލްޓާ އައިޒަކްސަންގެ ފޮތުގައި ބުނެފައިވެ އެވެ.

ކްރައިމިއާ ކައިރީގައި ހުންނަ ސްޓާލިންކް ސިގްނަލް ބަންދުކުރުމަށް ސްޕޭސް އެކްސްގެ އިންޖިނިއަރުންނަށް މަސްކް ސިއްރުން އަންގަވާފައި ވަނީ ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެތީ ކަންބޮޑުވެ، "މިނީ ޕަރލް ހާބަރ" އެއްގެ ގޮތުގަ އެވެ.

އެއަށްފަހު ޔޫކްރެއިންގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން މިނިސްޓަރު މިޚައިލް ފެޑޯރޯވް ވަނީ ސީ ޑްރޯންތަކުގެ ޤާބިލުކަން ބަޔާންކޮށް ޓެކްސްޓް މެސެޖުތައް މެދުވެރިކޮށް ސިގްނަލް އަނބުރާލުމަށް މަސްކްގެ ކިބައިން އެދިވަޑައިގެންފައެވެ. ކްރައިމިއާއަށް ހަމަލާދީ ޔޫކްރެއިން "މިހާރު ދަނީ މާ ދުރަށް ގޮސް ސްޓްރެޓެޖިކް ބަލިތަކަށް ދައުވަތު ދެމުން" ކަން ހާމަކުރައްވަމުން މަސްކް ނޫނެކޭ ވިދާޅުވި އެވެ.

ސްޕޭސް އެކްސް އިން ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 20،000 އަށް ވުރެ ގިނަ ސްޓާލިންކް ޓާމިނަލް ކިއޭވް އަށް ހަދިޔާކޮށްފަ އެވެ. ނަމަވެސް ޔޫކްރެއިން ހަނގުރާމަ ވަރުގަދަވެސް އެސިސްޓަމަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެތީ މޮސްކޯ އާއި ވޮޝިންޓަނަށް ވެސް މަސްކް އަށް ވިސްނައިދޭން ޖެހުނެވެ.

ކްރިމިއާއަށް ހަމަލާދޭން މަސައްކަތް ކުރުމާ ގުޅިގެން މަސްކް ޕެންޓަގަންއަށް ވިދާޅުވީ ސްޓާލިންކުން ޔޫކްރެއިންއަށް ދެމުން ގެންދާ ހިދުމަތްތައް އިތުރަށް ފުޅާ ނުކުރާނެ ކަމަށެވެ. ސީއެންއެންއަށް މިކަން ލީކުވުމުން މަސްކް ވަނީ އާންމުކޮށް މިސްރާބު ބަދަލުކުރައްވައި " ޔޫކްރެއިން ސަރުކާރަށް ހިލޭ ފައިސާ ދެމުން ގެންދާނަން" ކަމަށް ވިދާޅުވެފައެވެ.

ސްޕޭސްއެކްސް އިން އެންމެ ފަހުން އެމެރިކާ އާއި އީޔޫގެ ބައެއް ސަރުކާރުތަކަށް 2023 ވަނަ އަހަރުގެ ކުރީކޮޅު ޔޫކްރެއިންއަށް އިތުރު އެއް ލައްކަ ސެޓެލައިޓް ޑިޝް އަށް ފައިސާ ދައްކަން ޖެހުނީ ކަމަށް ބައޮގްރަފީގައި ބުނެފައިވެ އެވެ. އޭގެ ފަހުން މަސްކް ވިދާޅުވެފައި ވަނީ ސްޕޭސް އެކްސް އިން "ދެވަނަ ބޮޑު ހަނގުރާމައަށް މަގުފަހިވާ ފަދަ ހަމަނުޖެހުމެއް އިތުރު ނުކުރެވޭނެ" ކަމަށާއި އޭގެ ތެރޭގައި ދުރު ރާސްތާގެ ޑްރޯން ހަމަލާތަކަށް ސްޓާލިންކް ބޭނުންކުރުން ވެސް ހިމެނޭ ކަމަށެވެ.

ސީއެންއެންގެ ވާހަކަތަކަށް މަސްކް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް