ބައެއް މެންބަރުން ސޮއި ގެންދެވިނަމަވެސް ރައީސް ނަޝީދު ނިންމެވީ އިތުބާރު މައްސަލަ ކުރިއަށް ގެންދަވަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހަޅާފައިވާ ހުށަހެޅުމުގެ ތެރެއިން 25 މެންބަރަކު ސޮއި އަނބުރާ ގެންދެވި ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދިއ...

11 Sep 2023 | 04:47

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް އެމްޑީޕީން ހުށަހަޅާފައިވާ ހުށަހެޅުމުގެ ތެރެއިން 25 މެންބަރަކު ސޮއި އަނބުރާ ގެންދެވި ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ނިންމަވައިފިއެވެ.

ރައީސް ނަޝީދު މިއަދުގެ ޖަލްސާ ފައްޓަވަމުން ވިދާޅުވީ އެޖެންޑާގައި އޮތީ އެ މައްސަލަ ކަމަށާއި ނަމަވެސް 25 ބޭފުޅަކު ނަން އަނބުރާ ގެންދަވާފައިވާކަމަށެވެ. އެހެން ނަމަވެސް ކުރިއަށްގެންދިއުމަށް ބޭނުންވަނީ 22 ބޭފުޅުންގެ ސޮއި ކަމަށްވާއިރު އަދިވެސް 22 މެންބަރުންގެ ސޮއި އޮތަތީ އަދި އަށް މެންބަރެއްގެ ސޮއި އަނބުރާ ނުގެންދަވާހާ ހިނދަކު މައްސަލަ ކުރިއަށްގެންދެވޭނެކަމުގައި ރައީސް ނަޝީދު ނިންމެވިއެވެ.

އެއަށްފަހު ރައީސް ނަޝީދު ވަނީ ރިޔާސަތު ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އާއި ހަވާލުކުރައްވާ ރިޔާސަތުން ދުރަށް ވަޑައިގެންފައެވެ.

ރިޔާސަތާއި ހަސަން އަފީފް ހަވާލުވުމުން އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ އިތުރު މެންބަރުންގެ ސޮއި އެކަމަށް ހަމަކުރުމަށް 15 މިނެޓުގެ ހުސް ވަގުތުކޮޅެއް ދިނުމަށެވެ. އަދި އެއާއެކު މަޖިލިސް މެދުކަނޑާލީ އެ ފުރުސަތު އެމްޑީޕީގެ ޕީޖީ ގްރޫޕަށް ދިނުމަށް ރިޔާސަތުން ނިންމުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް