މީ ފައްޔާޒުގެ ހިސާބެއް ނޫން، ދެވަނަ ބުރުގައި 60 އިންސައްތަ ހޯދާނަން: އަދުރޭ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއިން ވޯޓުގެ60 އިންސައްތަ ހޯދާނެ ކަަމަށް އެ ކޯލިޝަން ހިންގުވާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އަދުރ...

10 Sep 2023 | 20:37

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއިން ވޯޓުގެ60 އިންސައްތަ ހޯދާނެ ކަަމަށް އެ ކޯލިޝަން ހިންގުވާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، އިންތިހާބުގެ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓާއެކު ދެވަނަ ބުރަށް ދިއުމުން ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި “ޝުކުރިއްޔާ ދިވެހިން” ގެ ނަމުގައި އެ ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ ފުރަތަމަ ބުރުގައި އޭނާ ޖެއްސެވި ހިސާބު ދިމާވެއްޖެ ކަމަށެވެ.

ވޯޓުގެ ކުރިން ޕީޕިއެމް/ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕޭނަށް އއ. މަތިވެރިއަށ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އަދުރޭ ވިދާޅުވެފައި ވަނީ، މި ރާއްޖޭގެ ވޯޓުލާ އިންސައްތައަށް ބަލައިފިނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުލާ މީހުންގެ އިންސައްތައަށް 40ށް ނާރާނެ ކަމަށެވެ. އެ އިންސައްތަ އުޅޭނީ 30 ނުވަތަ 35ގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުން ރައީސް ސޯލިހަށް ލިބިވަޑައިގެންނވީ 38 އިންސައްތައެވެ.

އެހެންކަމުން އަދުރޭގެ ހިސާބު ދިމާވެފައި ވާތީ ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ދަނީ އަދުރޭއަށް ތައުރީފު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް