އިންތިހާބުގައި ވާދަކުރި އެންމެން ޕީޕީއެމް/ޕީއެންސީއާ ގުޅުމަށް މުއިއްޒު ދައުވަތު އަރުވައިފި

ރިޔާސީ އިންތިހާބުގައި ވާދަކުރި އެންމެން، ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާ ގުޅުމަށް އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދައުވަތު އަރުވައިފިއެވެ. ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓާއެ...

10 Sep 2023 | 20:11

ރިޔާސީ އިންތިހާބުގައި ވާދަކުރި އެންމެން، ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީއާ ގުޅުމަށް އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދައުވަތު އަރުވައިފިއެވެ.

ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓާއެކު ދެވަނަ ބުރަށް ދިއުމުން ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި "ޝުކުރިއްޔާ ދިވެހިން" ގެ ނަމުގައި އެ ކޯލިޝަނުން ވަނީ ޖަލްސާއެއް ބާއްވާފައެވެ.

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މިއީ ގައުމީ މަސައްކަތެއް ކަމަށާއި، މިކަމުގައި ބައިވެރިވުމަށް އެންމެންނަށް ދައުވަތު ދޭ ކަމަށެވެ.

"އަޅުގަނޑު އިސްކުރާނީ ރަހުމަތްތެރިކަމުގެ އަތް. އަޅުގަނޑު މި ދިއްކުރާ އަތުގަ އަޅުގަނޑު އެދެން، ގައުމު ދެކެ ލޯބިވާ ހުރިހާ ސިޔާސީ ވެރިން ހިއްޕެވުމަށް" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ގައުމު އިސްކޮށް، ގައުމުގެ ބަހާތަކަށް އިހުތިރާމުކޮށް އަދި ގައުމުގެ މިނިވަންކަމަށް އިހުތިރާމު ކުރާ ކޮންމެ ސިޔާސީ ވެރިއަކާ ސިޔާސީ ޕާޓީއަކާއެކު ކުރިއަށް ދެވޭނެ ކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، އެމީހަކު ތާއީދު ކުރާ ސިޔާސީ ފިކުރަށްވުރެ މުޅި ގައުމީ ފިކުރު އިސްވާން ޖެހޭނެ ކަމަށެވެ. އެހެންކަމުން ގައުމު އިސްކޮށް ޕީޕީއެމް/ޕީއެންސީ ހޮވުމަށް މުއިއްޒު އެދިވަޑައިގެންނެވިއެވެ.

މި ގައުމުގެ މިނިވަންކަން ޔަގީން ކޮށްދިނުމަކީ އެންމެ ބޮޑު ވައުދު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް