ހޮޓެލް އޭޝިއާ 2022 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މި އަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް 2022 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ. ހޮޓެލް އޭޝިއާ 2022 އަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަލިނަރީ އ...

11 Sep 2022 | 17:27

މި އަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް 2022 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ހޮޓެލް އޭޝިއާ 2022 އަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަލިނަރީ އިންޑަސްޓްރީގެ ފަންނުވެރިންނަށް އެމީހުންގެ ހުނަރުތަކާއި ޚިދުމަތްތައް އާންމުންނަށް ދައްކާލުމުގެ ފުރުޞަތު ފަހިކޮށްދޭ އިވެންޓެކެވެ. މި އިވެންޓުގެ ޒަރިއްޔާއިން އެފަރާތްތަކަށް ސަރަހައްދީ ކަލިނަރީ ކޮމިއުނިޓީ ތެރޭގައި ނެޓްވޯކްކުރުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެއެވެ.

މީގެ އިތުރުން ހޮޓެލް އޭޝިއާ 2022 އަކީ 150 އަށް ވުރެ ގިނަ ކުންފުންޏާއި 500 އަށް ވުރެ ގިނަ ކަލިނަރީ ކޮމްޕެޓިޝަން އެންޓްރީސް ހިމެނޭ ގޮތަށް ރާއްޖޭގައި ބާއްވާ ހަމައެކަނި އިންޓަނޭޝަނަލް ހޮޓެލް ސަޕްލައިސް އެގްޒިބިޝަނެވެ.

މި އަހަރުގެ އިވެންޓަކީ ދިވެހިރާއްޖޭގައި ބޭއްވޭ ހޮޓެލް އޭޝިއާގެ 16 ވަނަ އެޑިޝަނެވެ. މި އަހަރުގެ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 10 އިން 12 އޮކްޓޫބަރުގެ ނިޔަލަށް ދަރުބާރުގޭގެ އެގްޒިބިޝަން ހޯލްގައެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހިންގޭ ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދީ އެހީތެރިވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް