މަލޭގައި ދޭ މިނީ ބަހުގެ ހިދުމަތަށް ދަތިވާގޮތަށް ޕާކު ކޮށްފައިފާ500 އަށްވުރެ ގިނަ އުޅަނދަށް ފިޔަވަޅު އަޅައިފި އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭން ފެށި މިމަހުގެ ފަސް ވަނަ ދުވަހު އެވެ. ފުލުހުން ވަނީ އެ ބަސްތަކަށް ދަތިވާގޮތަށް ޕާކު ކުރާ އުޅަނދުތަކާއި މެދު ފިޔަވަޅު އަޅާނެ ކަން ކުރިން ހާމަ ކޮށްފަ އެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިމަހުގެ ހ-10 އާއި ދެމެދު569 އުޅަނދަކަސް ފިޔަވަޅު އަޅާފައިވެ އެވެ.
އެގޮތުން އެ މުއްދަތުގައި 30 ސައިކަލަކާއި އެއް ކާރު ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެ އެވެ. އަދި ބަސްތަކަށް ދަތުރުކުރުމުގައި ދަތިވާގޮތަށް ޕާކުކުރި 538 އުޅަނދެއްގައި ވައިލޭޝަން ސްޓިކާ ހަރުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް