ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިޔަށް

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިޔަށް އެބަދެ އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ މިހާރު ކުރަމުންދަނީ ބޭރުތޮށި ލުމުގެ މަސައްކަތް...

11 Sep 2022 | 10:51

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިޔަށް އެބަދެ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރަމުންދަނީ ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށެވެ. އަދި، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް ވަނީ މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ.

މި މަޝްރޫޢުގެ ދަށުން، 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމަށް ހަމަޖެހިފައިވެ އެވެ. އަދި 361 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ.

މީގެ އިތުރުނ 822 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވެއެވެ.

މި މަޝްރޫޢަކީ 44.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް