ވޭމަންޑޫ ގޮނޑުދޮށަށް ލައްގާފައިވާ "ސިންދިތާ" ބޯޓު ނައްތާލަނީ

ތ. ވޭމަންޑޫ ގޮނޑުދޮށަސް ލައްގާފައިވާ "ސިންދިތާ ނ.702" ނަމަކަށް ކިޔާ ބޯޓުގެ ވެރިފަރާތެއް ނުވެއްޖެ ނަމަ ނައްތާލާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ. ބޯޓު އެ ރަށު ހުޅަނގު ފަރާތު ގޮނޑުދޮށަށް ލެއްގީ...

11 Sep 2022 | 08:27

ތ. ވޭމަންޑޫ ގޮނޑުދޮށަސް ލައްގާފައިވާ "ސިންދިތާ ނ.702" ނަމަކަށް ކިޔާ ބޯޓުގެ ވެރިފަރާތެއް ނުވެއްޖެ ނަމަ ނައްތާލާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ބޯޓު އެ ރަށު ހުޅަނގު ފަރާތު ގޮނޑުދޮށަށް ލެއްގީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެވެ. އެ ބޯޓަކީ ވަރަށް ކުރިންސުރެ އެ ސަރަހައްދުގެ ފަޅުގައި އަޅާފައި އޮންނަ ވެރިފަރާތް ނޭނގޭ ބޯޓެކެވެ.

ވޭމަންޑޫ ކައުންސިލުން މިދިޔަ މަހުގެ22 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނީ30 ދުވަހުގެ ތެރޭގައި ބޯޓުގެ ވެރިފަރާތް އެ ކައުންސިލަށް އެކަން ނާންގައިފި ނަމަ ބޯޓު ނައްތާލާނެ ކަމަށެވެ. ކައުންސިލުން ބުނީ  އެ ބޯޓު ވެރިފަރާތް ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރި ނަމަވެސް އެކަން ކާމިޔާބު ވެފައިނުވާ ކަމަށެވެ.

އަދި ބޯޓު އެތަނުގައި އޮތުމުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށާއި ރަށުގެ ގޮނޑުދޮށަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމުގެ ބިރުބޮޑުވެފައިވާ ކަމަށެވެ.

މި ބޯޓު ނައްތާލަން އެ ކައުންސިލުން ނިންމީ ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާއިދު ތ. ވޭމަންޑޫ، ގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް