ދެން އެންމެ އަވަހަށް މުސާރަ ބޮޑުވާނީ ސިއްހީ ދާއިރާއަށް: ރައީސް

ދެން އެންމެ އަވަހަށް މުސާރައިގެ ކުރިއެރުން ލިބޭނީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ލ. ގައުމުގައި ފެށި "ވިޔަވ...

11 Sep 2022 | 07:18

ދެން އެންމެ އަވަހަށް މުސާރައިގެ ކުރިއެރުން ލިބޭނީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ލ. ގައުމުގައި ފެށި "ވިޔަވަތި" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކޮށް ގެނައި އިންގިލާބީ ހެޔޮ ބަދަލަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެ އިދާރާގެ މުސާރަ ބޮޑުކޮށްދިނީ މިދިޔަ މެއި މަހު އެވެ.

ރައީސް ވިދާޅުވީ މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލުން ދާއިރާއަށް ލިބޭ ކުރިއެރުން ތައުލީމީ ދާއިރާއިން ފެންނަމުންދާ ކަމަށެވެ. އެގޮތުން ލާމަރުކަޒީ ރާއްޖޭގެ، ޖަޒީރާ ކުދި ސްކޫލުތަކުން އެ ގެނައި ބަދަލު ސާބިތުކޮށްދީފައިވާ ކަމަށެވެ.

ޒަމާނުއްސުރެ ނުވެ އޮތް މިނިމަމް ވޭޖަ ކަނޑައެޅިފައިވާކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ، އޭގެ ސަބަބުން ގިނަ ބައެއްގެ އާމްދަނީ އަށް ކުރިން ނުވި އެތައް ރަނގަޅެއް މިހާރު ވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް