ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި ފިރިމީހާ އަނަންދު އަހޫޖައަށް ފުރަތަމަ ދަރިފުޅު ލިބުނީ މިދިޔަ މަހުގެ20 ވަނަ ދުވަހު އެވެ.
މިހާތަނަށް ލިބުނު ފިރިހެން ދަރިފުޅަށް ނަމެއް ކިޔާފައެއް ނުވެ އެވެ. އެކަމަކު ސޯނަމް ދަރިފުޅަށް އާއިލާ މީހުން ލޯބިން ކިޔަނީ ސިމްބާ ކަމަށް އޭނާ ކޮއްކޮ ރިއާ ކަޕޫރު ހާމަކޮށްފައިވެ އެވެ.
އައިލީ ގާތް މީހަކާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސޯނަމް އާއި އަނަންދު ވަނީ ދަރިފުޅަށް ކިޔާ ރީތި ނަމެށް ހުށަހެޅުމުގެ ފުރުސަތު ހުލުވާލާފަ އެވެ. އެ ފުރުސަތު އޮތީ ހަމަ އެކަނި އާއިލާ އާއި ރަހުމަތްތެރިންނަށެވެ.
ދެމަފިރިން ވަނީ ފެށެން ޖެހޭނެ އަދި ނަން ނިމެންޖެހޭނެ އަކުރުތައް ބުނެދީފަ އެވެ. ކޮންމެހެން އާ ނަމެއް ނުވަތަ ޔުނީކް ނަމެއް ހުށަހަޅާކަށް ނުޖެހެ އެވެ. އެ ދެމަފިރިންގެ ޝަރުތަކީ ހަމައެކަނި ނަމުގައި ވަރަށް ރީތި މާނައެއް އިނުމެވެ.
އެމީހުން ކުއްޖާއަށް ކިޔާނީ އާއިލާ އާއި ރަހުމަތްތެރިން ދޭ ނަންތަކުގެ ތެރެއިން ބޭނުންވާ ނަމެކެވެ.
ސޯނަމް އާއި އަނަންދު ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް