ހަރުކަށި ފިކުރާ ގޭންގުކުށްތަކާ މަސްތުވާތަކެތީގެ މައްސަލައައީ އުފާފާގަތިކަމަށް އޮތް އެންމެ ކަޅު ހިޔަނި: ރައީސް ސޯލިހް

ހަރުކަށި ފިކުރާއި ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތަކަކީ އިޖްތިމާއީ އުފާ ފާގަތިކަމަށް އޮތް އެންމެ ކަޅު ހިޔަނިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. އެމ...

11 Sep 2022 | 04:51

ހަރުކަށި ފިކުރާއި ގޭންގު ކުށްތަކާއި މަސްތުވާތަކެތީގެ މައްސަލަތަކަކީ އިޖްތިމާއީ އުފާ ފާގަތިކަމަށް އޮތް އެންމެ ކަޅު ހިޔަނިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ލާމު ގަމުގައި މިހާރު ފެށިގެން ކުރިއަށްދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިންވަނަ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެ ކަންކަމާއިމެދު މި މަހާސިންތާގައި މަޝްވަރާ ކުރެވޭނެ ކަމަށާއި ފުޅާ ދާއިރާއެއްގައި ކަވި މަސައްކަތްތަކެއް މިކަމުގައި ކުރިއަށް ގެންގޮސްދިނުން މަހާސިންތާގެ ބައިވެރިންކިބައިން އެދިލައްވާކަމުގައިވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ފާހަގަކުރެއްވި ގޮތުގައި ލާމަރުކަޒީ ނިޒާމު ފުރިހަމަކުރަންވާނީ ރައްޔިތުންނަށް މި ލިބޭ ބާރު އަނބުރާ ނުގެންދެވޭފަދަ ގޮތެއްގައި ކަމުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް