އިނގިރޭސި ރާނީ އެލިޒަބަތް ދޭއްގެ ޖަނާޒާ އޮންނާނީ މިމަހުގެ19 ވަނަ ދުވަހު ކަމަށް ޝާހީ ގަނޑުވަރު ބަކިން ހަމް ޕެލަސްއިން ހާމަކޮށްފި އެވެ.
އެކަމަނާ އަވަހާރަވީ މިދިޔަ ބުރާސްފަތި ދުވަހު ސްކޮޓްލެންޑްގައި ހުންނަ ޝާހީ ގަނޑުވަރު ބެލްމޯރަލް ކާސަލްގަ އެވެ. އެއީ އެކަމަނާ އަރާމު ކުރައްވަންދާ ގަނޑުވަރެވެ.
ބަކިންހަމް ޕެލަސްއިން ބުނީ ރާނީގެ ގަބުރު އަދިވެސް އޮތީ ބެލްމޯރަލް ކާސަލްގައި ކަމަށެވެ. އެ ގަނޑުވަރުން ނެރެގެން ގަބުރު ގެންދިއުމަށް ހަމަޖެހިފައިވަނީ ސްކޮޓްލޭންޑުގެ ބައެއް ސަރަހައްދުތަކަށެވެ.
މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ސްކޮޓްލޭންޑުގައި ރާނީ ގަބުރު ގެންގުޅުމަށް ފަހު އެ ދުވަހު ހެނދުނު 8:00 ހާއިރު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ގެންދާނެ އެވެ. ލަންޑަނަށް ގެންދިއުމަށް ފަހު ފުރަތަމަ ދުވަހު ގަބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ބަކިންހަމް ޕެލަސްގައި އެވެ.
އަދި 14 ވަނަ ދުވަހު ވެސްޓްމިނިސްޓާ އަބޭ އަށް ގެންދެވޭނެ އެވެ. ބާކީ ހުރި ދުވަސްތަކުގައި ގަބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ އެތަނުގައި އެވެ.
ރާނީ ވަޅުލުމަށް ހަމަޖެހިފައިވަނީ ފިރިކަލުން ފިލިޕް އާއި މައިންބަފައިންގެ އިތުރުން ކޮއްކޯފުޅު ޕްރިންސަސް މާގްރެޓް ވަޅުލާފައިވާ ގަބުރުސްތާނުގައި އެވެ.
ރާނީ އެލިޒަބަތުގެ ޖަނާޒާ އޮންނަ ދުވަހަކީ އިނގިރޭސިވިލާތާއި އިރަލެންޑާއި ސްކޮޓްލޭންޑަށް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އާ ރަސްގެފާނު ޗާލްސް ތިނެއް ވަނީ އިއުލާނު ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް