ގދ. އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތަށް މުއިއްޒު ތިނަދުއަށް

ގދ. އަތޮޅު ކައުންސިލްގެ އެތްލެޓިކްސް ޗެމްޕިއަންސްޝިޕް 2022 ފައްޓަވައިދެއްވުމަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ތިނަދޫއަށް ވަޑައިގެންފިއެވެ. މޭޔަރު ތިނަދޫއަށް ވަޑައިގެންފައިވަނީ ހޮނިހިރު ދުވ...

11 Sep 2022 | 03:47

ގދ. އަތޮޅު ކައުންސިލްގެ އެތްލެޓިކްސް ޗެމްޕިއަންސްޝިޕް 2022 ފައްޓަވައިދެއްވުމަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު ތިނަދޫއަށް ވަޑައިގެންފިއެވެ.

މޭޔަރު ތިނަދޫއަށް ވަޑައިގެންފައިވަނީ ހޮނިހިރު ދުވަހުއެވެ.

މި ދަތުރުފުޅުގައި މޭޔަރާއިއެކު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އަދި، މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އާދަމް ރަމީޒްގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރު ބައިވެރިވެވަޑައިގަންނަވައެވެ.

މޭޔަރާއި ކައުންސިލަރުންނަށް ގދ. ތިނަދޫއިން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

މޭޔަރު މުޢިއްޒު އާއި ކައުންސިލަރުންނަށް މަރުޙަބާ ދެންނެވުމަށް ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދްރަތުالله އާއި އެތްލެޓިކްސް ޓީމާއި ރަށުގެ ގިނަ އާންމު ރައްޔިތުންވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި ދަތުރުފުޅަކީ ހުވަދޫ އަތޮޅު ކައުންސިލްގެ ދައުވަތަކަށް މޭޔަރާއި ކައުންސިލުން އެ އަތޮޅަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޭޔަރާއި ކައުންސިލަރުން އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ 12 ސެޕްޓެމްބަރު ވާ އާދިއްތަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް