މި މަހުގެ 25 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ދާއިމީ ލިސްޓް އާންމުކޮށްފި

މި މަހުގެ 25 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ދާއިމީ ލިސްޓް އާންމުކޮށްފި އެވެ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މެމްބަރުންގެ...

11 Sep 2021 | 16:25

މި މަހުގެ 25 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ދާއިމީ ލިސްޓް އާންމުކޮށްފި އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މެމްބަރުންގެ ލިސްޓު އާންމުކޮށް، އެ ޕާޓީ އިން ބުނީ މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

މިއަދު ޢާންމުކޮށްފައިވާ ލިސްޓަކީ މި އަހަރުގެ މެއި މަހު އިންތިޚާބު ބާއްވަން އާންމު ކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމުން އެކަމަށް ރިއާޔަތްކޮށް އިސްލާހުކޮށްފައިވާ ލިސްޓެއް ކަމަށް އެމްޑީޕީ އިން ބުނެއެެވެ.

އެ ޕާޓީ އިން ކުރިން ބުނެފައިވަނީ މި އިންތިޚާބުގައި އެޕާޓީ އިން ބޭނުންކުރަނީ އިލެކްޝަންސް ކޮމިޝަނުގައިވާ ޕާޓީގެ މެމްބަރުންގެ ލިސްޓު ނޫން ކަމަށެވެ. އެއީ އެ ކޮމިޝަނުގައި އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި އަދިރެޖިސްޓްރީވެފައި ނުވާ ފަރާތްތައް ވެސް ތިބުމާއެކުގައި ކަމަށް ވެސް އެ ޕާޓީ އިން ބުނެ އެވެ.

އެހެންވެ، ޝަކުވާއެއް ނާންނަ ހިނދަކު އެފަދަ ފަރާތްތަކަސް ވެސް ވޯޓު ލުމުގެ ފުރުސަތު ދޭނެ ކަމަށް ބުނެފައި ވެއެވެ. އަދި އެ މެމްބަރަކު އެހެން ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ ކަމުގެ ޝަކުވާއެއް އައިސްފި ނަމަ އިލެކްޝަން މެދުވެރިކޮށް އެކަމެއް ބަލާނެ ކަމަށް ބުނެ އެވެ.

މިދިޔަ މެއި މަހަށް ތާވަލުކުރި މި އިންތިޚާބު މި މަހުގެ 25 އަށް ތާވަލްކޮށްފައިވާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް