އަމާޒާއި ޓެކްނިކަލް މައްސަލަތައް ވީހާވެސް މަދުކޮށް، ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އެ ކުންފުނިން މިހެން ބުނީ ދަރުބާރުގޭ ސަބްސްޓޭޝަންގައި ހުރި ބައު ޓްރާންސްފޯމަރުތައް ބަދަލު ކުރުމަށް ފަހު ކުރި ޓްވީޓެއްގަ އެވެ.
އެ ޓްވީޓުގައި ވަނީ ދަރުބާރުގޭ ސަބްސްޓޭޝަންގައި ހުރި ބައު ޓްރާންސްފޯމަރު ބަދަލުކޮށް މިއަދު މިވަނީ އެކަމަށް ދާއިމީ ހައްލެއް ގެނެސްދެވިފައި ކަމަށެވެ.
'ކުންފުނީގެ އަމާޒާއި އެއްގޮތަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ވީހާވެސް މަދުކޮށް، ރަނގަޅު ފެންވަރެއްގެ ޚިދުމަތެއް ކަސްޓަމަރުންނަށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދިއުމުގެ ގޮތުން މައްސަލައެއް ޖެހި ވަގުތީ ހައްލެއް ގެނެސްދެވިފައިވާ." އިތުރު ޓްވީޓެއްގައި ބުނެފައި ވެއެވެ.
https://twitter.com/STELCOMALDIVES/status/1436648151415357444
ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހުއްޓުމެއްނެތި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ އިރު، ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަންގެ މަސައްކަތް ފާހަގަކޮށްލެވެ އެވެ. މި މަސައްކަތަކީ މާލެ، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓުން ގުޅާލެވޭ މަޝްރޫޢެކެވެ.
މި މަޝްރޫޢުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ބަހައްޓާފައިވާ އިރު، މި ވިއުގައިން ކޮންމެ ސާރކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ސްޓެލްކޯ އިން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް