ކުރީގެ ރައީސް އަބްދުﷲ ޔާމީން މޭ ކަރާވަރުގެ ސިޔާސީ ވެރިއަކު ރާއްޖޭގައި ނެތް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އޮންލައިން ނޫސް "ވަގުތު" އަށް ދެއްވި އިންޓަވިއުއެއްގައި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ޔާމީނަކީ ކަންނެތް ރައީސެއް ކަމަށް ވިދާޅުވުމުންނެވެ. ނާޒިމް ވިދާޅުވީ ޔާމީން މޭ ކަރާލީ އޭނާ ޑިފެންސް މިނިސްޓަރު ކަމުގައި ހުރެ މާ ހީވާގިކަމާއި އެކު މަސައްކަތް ކުރެއްވުމުން ކަމަށެވެ.
އެ ވާހަކައަށް ރައްދު ދެއްވައި އާދަމް ކުރެއްވި ޓުވީޓެއްގައި އާދަމް ވިދާޅުވީ މަސައްކަތް ޑެލެގޭޓް ކުރުމަކީ ޓްރާންސްފޯމޭޝަނަލް ލީޑާޝިޕް ކޮލެޓިސް ހުންނަ، ހިންގުންތެރި ވެރިންގެ ހާއްސަ ހުނަރެއް ކަމަށެވެ. އޭނާ ވިދާޅުވީ ޔާމީން އަކީ ގިނަ ސިޔާސީ ލީޑަރުންތަކެއް އުފެއްދެވި ހަރުދަނާ ވެރިއެއް ކަމަށެވެ.
އެހެން ކަމުން ޔާމީން މޭ ކަރަން ޖެހޭވަރުގެ މީހަކު ސިޔާސީ ވެރިއަކު މި ރާއްޖޭގައި ނެތް ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
https://twitter.com/Adamshareefz/status/1436689184169676802
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުގެ މަގާމުގައި ނާޒިމް ހުންނަވަނިކޮށް މަގާމުން ދުރުކުރީ ގެއިން ފިސްތޯލައެއް ފެނުނު މައްސަލައެއްގައެވެ. އެ މައްސަލާގައި ނާޒިމް ހައްޔަރުކޮށް 11 އަހަރަށް ޖަލަށް ލާފައިވެ އެވެ.
ވެރިކަން ބަދަލު ވުމާއި އެކު އޭނާ ވަނީ މިނިވަން ވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް