އޮސްޓްރޭލިއާގައި ކޮވިޑު ކޭސްތައް ކޮންޓްރޯލުން ނެއްޓި، ކޮންމެދުވަހަކު އެތައްހާސް ބަޔަކު މަރުވަނީ

އޮސްޓްރޭލިއާގައި ކޮވިޑު ކޭސްތައް ކޮންޓްރޯލުން ނެއްޓި، ކޮންމެދުވަހަކު އެތައްހާސް ބަޔަކު މަރުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފި އެވެ. އެ ގައުމުގެ ސިއްހީ އިދާރާ އާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެނ...

11 Sep 2021 | 11:55

އޮސްޓްރޭލިއާގައި ކޮވިޑު ކޭސްތައް ކޮންޓްރޯލުން ނެއްޓި، ކޮންމެދުވަހަކު އެތައްހާސް ބަޔަކު މަރުވަމުން އަންނަކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެ ގައުމުގެ ސިއްހީ އިދާރާ އާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި އެންމެބޮޑަށް ހާލަތު ގޯސްވެފައިވަނީ ނިޔު ސައުތު ވޭލްސް އެވެ.

އެ ސްޓޭޓްގައި ކޮންމެ 24 ގަޑި އިރަކު ދެހާހާ ގާތަށް މީހުންނަށް ކޮވިޑް ޖެހޭ އިރު، 10 މީހުންނަށް ވުރެ ގިނައިން ކޮންމެ ދުވަހަކު ވެސް މީހުން މަރުވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އެ ގައުމުގައި ކޮވިޑު ކޮންޓްރޯލު ކުރުމަށް ލޮކްޑައުން ކުރީ ވަކި ސަރަހައްދުތަކެކެވެ. އަދި އަނެއްބައި ސަރަހައްދުތަކުގައި ސްކޫލް، ކެފޭ، ރެސްޓޯރެންޓު ފަދަ ތަންތަން ޢާންމުކޮށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ވަނީ ދީފަ އެވެ.

އެ ގައުމުގައި ކޮވިޑް ވެކްސިން ދެވޭމިންވަރު ލަސްވުމާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރާ މިންވަރު ކުޑަވުން ހިމެނޭ ކަމަށް ވެސް ރިޕޯޓްތައް ވަނީ ބުނެފަ އެވެ.

މިކަމުގެ ސަބަބުން އެ ގައުމު އިގްތިސާދީ ބޮޑު އަނދަވަޅަކަށް ވެއްޓިދާނެކަމުގެ ބިރު ވަރަށް ބޮޑު ކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް