އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑު އެހުމެއް މާދަމާ ބާއްވަނީ

ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑު އެހުމެއް މާދަމާ ބާއްވަން ތާވަލުކޮށްފި އެވެ. ކްރިމިނަލް ކޯޓުގައި މި އަޑުއ...

11 Sep 2021 | 10:49

ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑު އެހުމެއް މާދަމާ ބާއްވަން ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގައި މި އަޑުއެހުން ބޭއްވުމަށް ތާވަލު ކޮސްފައިވަނީ މާދަމާ ހެނދުނު 09:30 ގަ އެވެ.

ސީލައިފްގެ ފަރާތުން 100 އަށް ވުރެ ގިނަ މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާ، ޚިޔާނާތްތެރިވި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އައްމަޓީގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލާފަ އެވެ.

ފައިސާ ނެގި އެކި ފަރާތްތަކާއެކު އެކިގޮތަށް އެގްރީމެންޓުކޮށފައިވާ އިރު، ތިން ރޫމް އެޕާޓްމެންޓް ތިން މިލިއަން ރުފިޔާއަށް ވިއްކުމަށް ބައެއް ފަރާތްތަކާ އެގްރީމެންޓް ކޮށްފަ އެވެ. އަދި އަނެއްބައި ފަރާތްތަކާ ތިން ރޫމް އެޕާޓްމެންޓް އެއް މިލިއަން ރުފިޔާ އަށް ވެސް ވިއްކުމަށް އެގްރީމެންޓް ހަދާފައިވާ ކަމަށް ބުނެ އެވެ.

މި ދަޢުވާތައް ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު އަދަބެއް އަންނާނެ އެވެ.

ރާއްޖެއިން އޭނާ ހައްޔަރު ކުރުމަށް ރެޑް ނޯޓިސް ނެރެދިނުމަށް އިންޓަޕޯލްގައި 2019 ވަނަ އަހަރު އދުނު އިރު، އޭނާ ހައްޔަރުކުރިކަން ފުލުހުންނަށް އެންގީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ. އެއަށް ފަހު އޭނާ ހުރީ ޖޫން މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ބަންދުގަ އެވެ.

ކްރިމިނަލް ކޯޓުން އެދުވަހު ނިންމީ ޝަރުތުތަކާއި އެކު އޭނާ ބަންދުން ދޫކޮށްލުމަށެވެ. އެހެންނަމަވެސް، ހައި ކޯޓުން އެ އަމުރު ބާތިލުކުރުމަށްފަހު އަމުރުކުރީ އޭނާ އަލުން ހައްޔަރު ކުރާށެވެ.

ހުޅުމާލެއިން ބޮޑު ބިމެއްގައި 3،000 ފްލެޓް އަޅަން ސީލައިފާ ހަވާލުކުރީ 2014 އަހަރުގެ މާރޗު މަހުގެ 13 ވަނަ ދުވަހު އެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަސައްކަތް ކުރުމަށްޓަކައި ބިންގާ އަޅުއްވައިދެއްވީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.

ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ އަދަދެއްގެ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގައިގެން ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރުކުރީ ލަންކާއިން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް