ހުމާއި ރޯގާ ރާއްޖޭގެ ހުރިހާ ރަށެއްގައިހެން އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މި ދުވަސްވަރު މާލެ އާއި އަތޮޅުތަކުގައި އަރިދަފުސް ރޯގާ އާއި ހުން އައުން އިތުރުވެފައިވާކަން ފާހަގަވާން ފެށިތާ މިހާރު ދެ ހަފްތާވަރުވެއްޖެ އެވެ.
އެޗްޕީއޭގެ އޮފިޝަލަކު "ދުވަސް" އަށް ވިދާޅުވީ މިދުވަސްވަރު ހުރިހާ ރަށެއްގައިވެސް އާންމުކޮށް ޖެހޭ ރޯގާ އާއި ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މީހުން އިތުރުވަމުންދާ ކަމަށެވެ. އެކަމަކު މީހުންގެ ސިއްހީ ހާލަތަށް ބަލާއިރު ރޯގާގެ ހާލަތު ގޯސްވަމުންދާކަން ފާހަގަ ނުވާ ކަމަށް ވިދާޅުވި އެވެ.
ބައެއް ރަށްރަށުގައި ރޯގާ އިތުރުވެގެން ސިއްހީ މަރުކަޒުތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފައިވާއިރު އަނެއް ބައި ރަށްރަށުގައި ފާނަބަސަނދު ފެތުރޭތީ ސަމާލުވުމަށް އިލްތިމާސް ކޮށްފައިވެ އެވެ.
ކޯވިޑަކީވެސް އާދައިގެ ރޯގާއެއްގެ އަލާމާތްތަކާއި އެކު ޖެހޭ ބައްޔަކަށް ވާއިރު މި ދުވަސްވަރު ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އަނެއްކާވެސް މަޑުމަޑުން އިތުރު ވަމުންނެވެ.
އެގޮތުން އިއްުޔެ އަތޮޅުތެރެއިން56 މީހުންނަށް ކޯވިދް ޖެހުނު އިރު މާލެއިން35 މީހުން ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް