މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ވަޑައިގެންފި އެވެ.
މި ދަތުުރުގައި މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައި އެވެ.
މާލޭ ސިޓީ ކައުންސިިލުން ބުނީ މުއިއްޒުގެ މި ދަތުރަކީ ރަސްމީ ދަތުރެއް ކަމަށެވެ. މިދަތުރުގައި ތުރުކީގެ އެކި ސިޓީތަކުގެ މޭޔަރުންނާއި ބައްދަލުކޮށް އެ ސިޓީތަކާއި ގުޅުން ބަދި ކުރުމަށް މަސައްކަތް ކުރާނެ ކަމަށް މައުލޫމާތުދެ އެވެ،
ކައުންސިލުން ބުނީ މުއިއްޒުގެ މިދަތުރުގައި މާލޭ ސިޓީ އާއި ގުޅުން ގުޅުން ހުރި އެކި ކަންކަމަށް އެހީތެރިކަން ހޯދޭނެ މަގު ފަހި ކުރާނެ ކަމަށެވެ.
https://twitter.com/MaleCitymv/status/1436410967156400130
މިއީ މުއިއްޒު މަގާމާއި ހަވާލުވެވަޑައިގެން ފަހުން ރަސްމީ ދަތުރެއް ކުރައްވާ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް