މާފުށީ ކައިރިން ޑިންގީއެއް މައްޗަށް ލޯންޗެއް އަރައި މީހަކަށް ސީރިއަސް އަނިޔާތަކެއް

ކ. މާފުށީ ކައިރީ ޑިންގީ އަކާއި ލޯންޗެން ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ 9:20 ހާއިރެވެ. އަނިޔާވެފައިވަނީ ޑިންގީގައި އިން މީހާއަށެވެ....

11 Sep 2021 | 05:32

ކ. މާފުށީ ކައިރީ ޑިންގީ އަކާއި ލޯންޗެން ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 9:20 ހާއިރެވެ. އަނިޔާވެފައިވަނީ ޑިންގީގައި އިން މީހާއަށެވެ.

މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު މީޑިއާގައި ވިދާޅުވީ ހާދިސާ ހިނގީ ޑިންގީގައި އެމީހާ ފަރު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ލޯންޗު ފަހަތުން ގޮސް އަރައިގެން ކަމަށެވެ. ޑިންގީއަށް ލޯންޗު އެރުމާއި އެކު ޑިންގީގައި އިންމީހާ މޫދަށް ވެއްޓިފައިވާ ކަމަށްވެ އެވެ.

އެމިހާ ވަނީ އިތުރު ފަރުވާއަށް މިހާރު މާލެ ގެނެސްފަ އެވެ. ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލްގައި އެވެ.

މަންޒަރުދުށް މީހުން މީޑިއާގައި ބުނެފައިވާގޮތުގައި އެމީހާ އަނގައިންނާއި ނޭފަތުން މާލެ ގެނައި އިރުވެސް ވަރަށް ގިނައިން ލޭ ފައިބަމުންދެ އެވެ. އަދި ދަތްޕިލަވާވެސް އެއްކޮށް ކަހަލަ ގޮތަކަށް ވަނީ ހަލާކުވެފަ އެވެ.

މިހާދިސާ އާއި ގުޅޭގޮތުން ފުލުހުން އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް