ސިޔާސީ ދަޢުވާތަކާއި މީހުން ފްރޭމް ކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީ ފަހަތަށް ނުޖެހޭނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
އޭޏަ މިހެން ވިދާޅުވީ ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
އިނގިރޭސި ވިލާތުގެ އިމިގްރޭޝަންގެ ކުށްތަކެއްގައި އެ ގައުމުގައި ހައްޔަރު ކޮށްފައިވާ އަލީ ވަހީދުގެ ޓުވީޓުގައި ވިދާޅުވީ ސިޔާސީ ދައުވާތަކާއި މީހުން ފުރޭމްކުރުމާއި އަނިޔާވެރިކަމުގެ ކުރިމަތީގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަަމަށެވެ. އަދި އިންސާފުވެރި، އަދުލުވެރި ޝަރުއީ ނިޒާމެއް ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ވެވަޑައިގަންނަވަން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނެ ކަމަށެވެ.
މީގެ އިތުރުން އޭނާ ވިދާޅުވެފައިވަނީ "އިރާދަފުޅުން ދައްކަން އުޅުނު ވާހަކަ ދައްކާނެ ކަމަށާއި އެނބުރި އަންނާނަނެ ކަމަށެވެ.
https://twitter.com/ali20waheed/status/1436403192779137026
އަލީ ވަހީދު އިނގިރޭސި ވިލާތުގައި މިވަގުތު ހުންނެވީ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން ދައުވާ އުފުލާފައި ވަނިކޮށް ބޭސްފަރުވާއަށް ކަމަށް ބުނެ، އެ ގައުމަށް ވަޑައިގެންނެވި ގޮތަށެވެ.
އެގޮތަށް ހުންނަވަނިކޮށް މިދިޔަ މަހުގެ 25 ގައި އަލީ ވަހީދު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެކަން އެގައުމުގެ ފުލުހުން ދިވެހި ފުލުހުންނަށް ވަނީ އަންގާފަ އެވެ.
ކޯޓު އަމުރު ރައްދުވުމުން ވެސް ސުޕްރީމް ކޯޓުގެ އަޑުއެހުމަށް ހާޒިރުވެފައި ނުވާތީ، ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި ދެ މަހާއި ބާރަ ދުވަހަށް އަލީ ވަހީދު ޖަލަށް ލުމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް